
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހަރަކާތްތެރިވަނީ

މުޙައްމަދު ފަޟްލޫން - 16 އޯގަސްޓު 2026 - 14:50
އަޑިއަށްދިޔަ ދޯންޏެއް ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، އެމެރިކާގެ ނޭވީގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.
މި ހިނގާ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހިލައާއި ހިލަވެލި ބަރުކޮށްގެން ތ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ ތެރޭގައި ގެއްލިފައިވަނީ، އެ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫންގެ އިތުރުން، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުއެވެ.
އުދުހުންތަކާ ގުޅޭ މަޢުލޫމާތު ގެނެސްދޭ "އޭވިއޭޓާސް މޯލްޑިވްސް" އިން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދަނީ އެމެރިކާ ނޭވީގެ ބޮއިންގ ޕީ-8 އޭ ޕޮސެއިޑަން މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެކެވެ.
މި ބޯޓުން ހުވަދޫ ކަނޑުގެ ގާތްގަނޑަކަށް 1،500 ފޫޓު ތިރިން (ލޯ-ލެވެލްގައި) އޮޕަރޭޝަން ކުރިއަށް ގެންދާކަންވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
މިއަދު މެންދުރުފަހުން ފެށިގެން އެމެރިކާ ނޭވީގެ ބޯޓުން މި ސަރަޙައްދު ބަލައި ފާސްކުރަމުންދާކަން ސަރުކާރުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ދޯނި އަޑިއަށް ގޮސްފައިވަނީ އަސްކަރީ އަދި ނިއުކްލިއަރ ސަބްމެރިންތައްވެސް ދަތުރުކުރާ މިންވަރަށްވުރެ ފުން ސަރަޙައްދަކަށެވެ.
ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި، މިއަދުގެ ނިޔަލަށް ހުވަދޫ ކަނޑުގެ މުޅި ސަރަޙައްދު އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށްވެސް ގއުމީ ދިފާޢީ ބާރުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދަރިވަރަކު ދުއްވި ބޯޓެއް ވެއްޓިއްޖެ
2 ގަޑިއިރު ކުރިން

ލުބުނާނުގެ ދެކުނުގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
6 ގަޑިއިރު ކުރިން

ހުސްވި މަހުގައި ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ
6 ގަޑިއިރު ކުރިން


