.webp&w=3840&q=75)
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

މުޙައްމަދު ފަޟްލޫން - 16 އޯގަސްޓު 2026 - 14:50
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.
މި ބައްދަލުވުން ބައްވާފައިވަނީ މިމަހުގެ 15 އިން 16 އއ. އުކުޅަހުގައެވެ.
ދިވެހި ރާއްޖޭގެ އެނެސްތީސިއޮލޮޖިސްޓުންގެ ޖަމިއްޔާ (MAA) އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއި ގުޅިގެން ބޭއްވި މި ކޮންފަރެންސްގައި ޖުމްލަ 220 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރެއިން ސާކްގެ އެކި ޤައުމުތަކުން އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ބައިވެރިވިއެވެ.
އިންޑިޔާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ، ނޭޕާލް ފަދަ ގައުމުތަކުގެ ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުން، ސިއްޙީ ޚިދުމަތްތެރިންނާއި ކީނޯޓް ސްޕީކާރސް ވަނީ ބައިވެރިވެފައެވެ.
މި ކޮންފެރެންސްގައި ރާއްޖޭގައި އެނެސްތީސިއޮލޮޖީ ދާއިރާގައި ކިޔަވައި ދިނުމަށް ހުރި ފުރުސަތުތަކާއި، ކްލިނިކަލް ތަޖުރިބާ، ރިސާރޗާއި، މައުލޫމާތާއި ތަޖުރިބާތައް ހިއްސާކޮށް، މިދާއިރާ ތަރައްގީކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ މުހިއްމު މަސައްކަތްތަކުގެ މައްޗަށް މައުލޫމާތު ބަދަލުކުރެވުނެއެވެ.
މި ރީޖަންގެ ސްޕެޝަލިސްޓުން މިދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި، އެކި ޤައުމުތަކުގެ ބެސްޓް ޕްރެކްޓިސްތައް ދެނެގަތުމާއި ފުރުސަތުތައް ހޯދުންވެސް ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދަރިވަރަކު ދުއްވި ބޯޓެއް ވެއްޓިއްޖެ
2 ގަޑިއިރު ކުރިން

ލުބުނާނުގެ ދެކުނުގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި
6 ގަޑިއިރު ކުރިން

ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހަރަކާތްތެރިވަނީ
6 ގަޑިއިރު ކުރިން

ހުސްވި މަހުގައި ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ
6 ގަޑިއިރު ކުރިން


