
ލުބުނާނުގެ ދެކުނުގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި

މުޙައްމަދު ފަޟްލޫން - 16 އޯގަސްޓު 2026 - 14:51
ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ ޙިޒްބުﷲ ޖަމާޢަތުގެ ބަދަރު ޔުނިޓުގެ އިސް ކޮމާންޑަރެއް ކަމަށްވާ އަބޫ ހަސަން ޢަލާ ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ސިފައިން ހާމަކޮށްފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ދިނުމާއި، އެމީހުންނާ ދެކޮޅަށް ހިންގި އެކި ހަމަލާތައް ރޭވުމުގައި އަލާ އިސް ދައުރެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އޭނާ ޝަހީދުކޮށްލާފައިވަނީ ސަލާމަތީ ސަރަޙައްދުގައި ޙިޒްބުﷲ އިން ދެމުންދިޔަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ލުބުނާނުގެ ދެކުނުގެ ރަށެއް ކަމަށްވާ އަންޞާރަށް އިސްރާއީލުން ދިން ހަމަލާއެއްގައި، ޙިޒްބުﷲ ގެ ކޮމާންޑަރެއް ކަމަށްވާ ޢަލީ ސަމީރު އަލްޙާޖް ޙަސަން ވެސް ޝަހީދުކޮށްލާފައިވާ ކަމަށް އެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މި ހަމަލާތަކުގައި ދެ އަންހެނުންނާއި ތިން ކުޑަކުދިން ހިމެނޭހެން ޖުމްލަ ހަތް މީހަކު ޝަހީދުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ހަމައެއާއެކު، ޝިން ބެޓް އިންޓެލިޖެންސް އެޖެންސީއާ ގުޅިގެން ނިމިދިޔަ ޖުލައި މަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ޙަމާސް ޖަމާޢަތުގެ ޣައްޒާ ސިޓީ ބްރިގޭޑްގެ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ވެރިޔާ އަދުހަމް އިބްރާހީމް ޝަޢުބާން ނަސްމާން ވެސް ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާގައި ނަސްމާން ބައިވެރިވެ، އިސްރާއީލުގެ ބައެއް ސިފައިންނާއި އާންމުން ހައްޔަރުކޮށް އަސީރުންގެ ގޮތުގައި ގެންދިއުމުގައި ހަރަކާތްތެރިވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދަރިވަރަކު ދުއްވި ބޯޓެއް ވެއްޓިއްޖެ
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
6 ގަޑިއިރު ކުރިން

ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހަރަކާތްތެރިވަނީ
6 ގަޑިއިރު ކުރިން

ހުސްވި މަހުގައި ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ
6 ގަޑިއިރު ކުރިން


