
ހުސްވި މަހުގައި ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ

މުޙައްމަދު ފަޟްލޫން - 16 އޯގަސްޓު 2026 - 14:49
ފާއިތުވި ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 638.03 މިލިއަން ޑޮލަރެވެ.
މިއީ ޖޫން މަސް ނިމުނުއިރު ރިޒާވްގައި ހުރި 686.83 މިލިއަން ޑޮލަރާ އަޅާބަލާއިރު 48.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މީގެއިތުރުން، ބޭނުންކުރެވޭ ރިޒާވް (ޔޫޒަބަލް ރިޒާވް) ވެސް ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު ވަނީ ދަށަށް ގޮސްފައެވެ.
ރިޒާވް މި މިންވަރަށް ދަށްވެފައިވާ މައިގަނޑު ސަބަބަކީ، ފާއިތުވި އޭޕްރީލް މަހުގެ ތެރޭގައި ދައުލަތުން ބޭރުގެ ބޮޑެތި ދަރަނިތަކެއް އަދާކުރުމެވެ.
ކުރީ ސަރުކާރުން ދޫކޮށްފައިވާ 524.68 މިލިއަން ޑޮލަރުގެ ސެކިއުރިޓީޒް، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ރަސްމީ ރިޒާވް މެދުވެރިކޮށް އޭޕްރީލް މަހު ވަނީ އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ.
މީގެއިތުރުން، އިންޑިއާއިން ހަމަޖައްސައިދީފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީވެސް އެ މަހުގެ ތެރޭގައި ވަނީ އަނބުރާ ދައްކާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދިޔަ ދަރިވަރަކު ދުއްވި ބޯޓެއް ވެއްޓިއްޖެ
2 ގަޑިއިރު ކުރިން

ލުބުނާނުގެ ދެކުނުގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި
6 ގަޑިއިރު ކުރިން
.webp&w=3840&q=75)
ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި
6 ގަޑިއިރު ކުރިން

ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ހަރަކާތްތެރިވަނީ
6 ގަޑިއިރު ކުރިން


