
24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ފަށަނީ

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 18:54
ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔަރ އަދި އެރައިޒް މަޝްރޫއުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ނިންމައިފިއެވެ.
މި މަޝްރޫއަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެއެވެ.
މިހާރު ފަށާފައިވާ މި މަޝްރޫއުތަކަކީ ދިވެހި ރާއްޖޭގައި އިއާދަ ކުރުވަނިވި ހަކަތަ ބޭނުންވާ މިންވަރު އިތުރުކުރަން ކުރެވޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށް އެ ތިމާވެއްޓާއި ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމުތައް ގާއިމުކުރެވިގެންދާނެއެވެ.
މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށާއި، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޕްރެޝަރުގައި އުސްއިމާރާތްތަކަށް ފެންލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ސިޓީކައުންސިލުން ތައްޔާރުވެެއްޖެ
2 ގަޑިއިރު ކުރިން

ދިވެހި ދައުލަތް ޑިފޯލްޓް ވާކަށް ނޭދެން: ރައީސް ނަޝީދު
2 ގަޑިއިރު ކުރިން

ބީއެމްއެލްއިން ލިވްއެބޯޑް ފައިނޭންސް ތައާރަފުކޮށްފި
6 ގަޑިއިރު ކުރިން

2 ވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިއްޖެ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)