logo
 ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން  މުހައްމަދު ނަޝީދު  / ފޮޓޯ: އަސްލުޓީވީ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު / ފޮޓޯ: އަސްލުޓީވީ

ދިވެހި ދައުލަތް ޑިފޯލްޓް ވާކަށް ނޭދެން: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 29 ޖުލައި 2026 - 18:54

ދިވެހި ދައުލަތް ޑިފޯލްޑްވާން އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދިވެހި ދައުލަތް ޑިފޯލްޓްވާއިރު ދިވެހިރައްޔިތުން ޑިފޯލްޑް ވާނެ ކަމަށެވެ.

އެމްއެމްއޭގައި ޑޮލަރެއް ނެތް ކަމަށާއި މިއަދު އެމްއެމްއޭގައި ޔޫސެބަލް ރިޒާވް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޔޫސެބަލް ރިޒާވް އާއި ބެހޭ މައުލޫމާތު އެމްއެމްއޭ އިން ޝާއިޢު ނުކުރަނީ ރިޒާވްގައި ފައިސާ ނެތުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްްއެމްއޭ އިން ޔޫސެބަލް ރިޒާވްގައި ހުރި މިންވަރު ހަފްތާއަކު އެއްފަހަރު ކުރި ނަމަވެސް މިހާރު އެމައުލޫމާތު ހާމަނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބީއެމްއެލްގައި ޑޮލަރުނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އެންމެންގެ މަސްއޫލިއްޔަތެއް އޮތްކަން ފާހަގަކުރައްވައި އެކަން ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އިން ފަހަތަށް ނުޖެހި ދިވެހި ރައްޔިތުންނާއި އެކުގައި ތިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ،

އެމްޑީޕީ އިން ރާއްޖޭގެ ވެރިކަން 2028 ވަނަ އަހަރު ކާމިޔާބު ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk