logo

3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 17:08

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

https://wamco.com.mv/

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ މަހުގެ 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި، އިންޑިއާއިން ރާއްޖެއައި 2 ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނައިކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރިއިރު، 3.3 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މި ދެ ފަސިންޖަރުންގެ އަތުން ފެނުނު ތަކެތި ފުރަތަމަ މަރުޙަލާގައި ޓެސްޓުކުރިއިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319