logo

ޗައިނާ މޯލްޑިވްސް ބްރިޖަކީ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް: ރައީސް

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 13:51

ޗައިނާ މޯލްޑިވްސް ބްރިޖަކީ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޗައިނާގެ ގައުމީ ދުވަހާއި ގުޅިގެން ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސް ވަނީ ޗައިނާ ސަރުކާރުން ފޯރުކޮށްދެމުންދާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޗައިނާއަކީ ތަރައްގީގެ ރޮނގުގައި މުޅި ދުނިޔެއަށް ލާމަސީލު މިސާލު ދައްކަމުންދާ ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އިގްތިސާދީ ކުރިއެރުމުގައި ޗައިނާއިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި ޓެކްނޮލޮޖީ އާއި އިންފްރާސްޓްރަކްޗަރ ގެ ދާއިރާ އާއި އިންސާނުން ބިނާކުރުމުގައި ޗައިނާގެ ސިޔާސަތުތަކަކީ މުޅި ދުނިޔޭގެ ތަރުހީބު ލިބިފައިވާ ސިޔާސަތުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޗައިނާއި ތަފާތު އެކި ދާއިރާތަކުން ހާސިލްކޮށްފައިވާ ކުރިއެރުންތަކަށް ރައީސް ވަނީ އެގައުމަށް މަރުހަބާ ދަންނަވާފައެވެ. އަދި ޗައިނާ އަށް އަމާންކަމާއި ސުލްހަމަސަލަސް ކަމާއި ރައްކާތެރިކަމާއި ކާމިޔާބީ އަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ވޭތުވެދިޔަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، މިއީ ހަމައެކަނި ލިޔެކިޔުންތަކަކުން ފެންނަން އޮތް ބަދަލެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ގުޅުމުގެ ހެޔޮ އަސަރު ދިވެހި ރައްޔިތުންގެ ދިރިއުޅުމުން ސީދާ ފެންނަމުންދާ ކަމަށެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިތުރު ފުރުސަތުތަކެއް ފަހިވަމުންދާކަންވެސް ރައީސް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319