logo

ވިލިމާލޭގެ ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުން: ޗައިނާ ސަފީރު

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 13:48

ވިލިމާލޭ ހޮސްޕިޓަލުގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަށާއި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ހިނގާ އަހަރުގެ ތެރޭގައިވެސް ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ޗައިނާއިން އެއްބާރުލުން ދީފައިވާކަން ފާހަގަކުރައްވައި، ހދ. ހަނިމާދޫގައި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމަށް ހިންގި ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ސަފީރު ވިދާޅުވިއެވެ.

މީގެއިތުރުން، ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް ގެ މަސައްކަތް މިހާރު އޮތީ ބީލަން މަރުޙަލާގައި ކަމަށާއި، މާލެއާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޑިޒައިން މަސައްކަތްތައް ނިމެމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަމާޒު ހިފާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، މިއަހަރު ނިމުމުގެ ކުރިން އެ މަޝްރޫޢަށް ބޭނުންވާ އެންމެހައި ހުއްދަތައް ލިބިގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319