
އައްޑޫ ލިންކްރޯޑް ތަރައްގީކުރަން ޗައިނާ ކުންފުންޏަކާއި ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 13:46
އައްޑޫ ސިޓީގެ ލިންކް ރޯޑް އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ރޯޓައިމް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް އޮތް 12.3 ކިލޯމީޓަރުގެ ސަރަޙައްދު، މިހާރު އޮތް ދެ ލޭނުން ހަތަރު ލޭނަށް ފުޅާކޮށް، ފެންވަރު މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތް މި ސަރުކާރުން އެންމެ ފުރަތަމަ، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 8 ވަނަ ދުވަހު ޙަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
އެއީ 2028 ވަނަ އަހަރުގެ ނިޔަލަށް މަސައްކަތް ނިންމާ ގޮތަށެވެ.
ނަމަވެސް، ލިންކް ރޯޑުގެ މައި މަޝްރޫޢު ޗައިނާގެ ކުންފުންޏަކާ މިހާރު ހަވާލުކުރި ނަމަވެސް، އެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަން ރޭވިފައިވާ އެހެނިހެން މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ އާރްޑީސީން ކަމަށް މިނިސްޓަރު މުއްތަލިބް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗައިނާ މޯލްޑިވްސް ބްރިޖަކީ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް: ރައީސް
3 ގަޑިއިރު ކުރިން

ވިލިމާލޭގެ ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުން: ޗައިނާ ސަފީރު
3 ގަޑިއިރު ކުރިން

މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
3 ގަޑިއިރު ކުރިން

ރާއްޖޭގައި އެންމެ ގިނައިން ސްކޭމް ހިންގަނީ އޮންލައިން ހިދުމަތްތައް މެދުވެރިކޮށް: ފުލުހުން
3 ގަޑިއިރު ކުރިން


