
ރާއްޖޭގައި އެންމެ ގިނައިން ސްކޭމް ހިންގަނީ އޮންލައިން ހިދުމަތްތައް މެދުވެރިކޮށް: ފުލުހުން

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 13:33
ރާއްޖޭގައި އެންމެ ގިނައިން ސްކޭމް ހިންގަނީ އޮންލައިންކޮށް ހިންގާ ހިދުމަތެއްގެ ތެރެއިން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ސްކޭމްތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ އީކޮމާސް ސެކޭމްގެ ގޮތުގައި 1500 މައްސަލަ ހިމެނޭއިރު 821 މައްސަލަ އަކީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިންކޮށް ކޮންމެވެސް ހިދުމަތެއް ދިނުމުގެ ނަމުގައި ކުރިއަށް ގެންގޮސްފައިވާ މައްސަލަތައް ކަމަށެވެ.
ސްކޭމްގެ ބާވަތްތަކުގެ އިތުރު ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ އޮންލައިން ސްކޭމަށްފަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކަރަންސީ އެކްސްޗޭންޖް ސްކޭމް ކަމަށެވެ. ކަރަންސީ އެކްސްޗޭންޖް ގެ ގޮތުގައި 244 މައްސަލަ މިހާތަނަށް ސްކޭމް ސެންޓަރަށް ވަނީ ރިޕޯޓްކޮށްފައެވެ.
ޝަހުސު އޮޅުވާލައިގެން ސްކޭމް ކުރުމުގެ 213 މައްސަލައެއް މިހާތަނަށް ސްކޭމް ސެންޓަރަށް ރިޕޯޓްކޮށްފައިވާއިރު މިފަދަ އަމަލުކޮށްފައިވަނީ އެކިއެކި ފަރާތްތަކުގެ މީސްމީޑިއާ އެކައުންޓައް ކޮމްޕްރޮމައިޒްކޮށްގެން އެފަރާތްތަކުގެ ނަމުގައި އެކި މީހުންނާ ވާހަކަ ދައްކައިގެން ފައިސާ ހޯދައިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިފަހުން އާއްމުވެފައިވާ ބުކިންގ ކެންޝަލޭޝަން ރިފަންޑް ސްކޭމަކީވެސް އަލަށް ބޭނުންކުރާ ސްކޭމްގެ އުކުޅެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބުކިންގ ކެންސަލް ކޮށް ރިފަންޑް ހޯދުމުގެ 80 މައްސަލައެއް މިހާތަނަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ މީގެ ކުރިން ފުލުހުން މީޑިއާ އާއި މީޑިއާތައް މެދުވެރިކޮށް ބުކިންގ ރިފަންޑް ސްކޭމް ހިނގާ ގޮތުގެ މައުލޫމާތު ހިއްސާކުރެވިފައިވާ ކަމަށެވެ.
ސްކޭމް އާއި ބެހޭ ގޮތުން މީޑިއާތަކާއި ފުލުހުންގެ މީޑިއާ މެދުވެރިކޮށް އާއްމުންނާ ހަމައަށް ފޯރުކޮށްދޭ މާއުލޫމާތު ތަކަކީ ވަރަށް މުހިއްމު މައުލޫމާތުތަކެއް ކަމަށާއި އެމައުލޫމާތުތަކުގެ ބޭނުން ހިފައިގެން ދުރާލާ ސްކޭމްތަކަށް ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

3 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
12 މިނިޓު ކުރިން

ޗައިނާ މޯލްޑިވްސް ބްރިޖަކީ އެކުވެރިކަމުގެ ވަރުގަދަ ރަމްޒެއް: ރައީސް
3 ގަޑިއިރު ކުރިން

ވިލިމާލޭގެ ހޮސްޕިޓަލްގެ މަސައްކަތް އަވަހަށް ފެށުމަށް ދަނީ މަސައްކަތް ކުރަމުން: ޗައިނާ ސަފީރު
4 ގަޑިއިރު ކުރިން

އައްޑޫ ލިންކްރޯޑް ތަރައްގީކުރަން ޗައިނާ ކުންފުންޏަކާއި ހަވާލްކޮށްފި
4 ގަޑިއިރު ކުރިން


