logo

މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

profile

މުޙައްމަދު ފަޟްލޫން - 24 ސެޕްޓެމްބަރު 2026 - 13:41

ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު އިޞްލާޙުކޮށް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތައް އެކުލެވޭ ގޮތަށް ހާއްސަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

https://wamco.com.mv/

ބަންޑާރަނައިބުގެ އޮފީހުން މަޢުލޫމާތުދިން ގޮތުގައި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ޝަރުޢީ ކޯޓުތަކުގެ އިތުރުން ދައުލަތުގެ ވަކީލުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މަދަނީ އިޖުރާއަތުގެ ޤާނޫނު މުރާޖަޢާކުރުމާއި، މި ނިޒާމު އިސްލާހު ކުރުމުގައި އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަތުމެވެ.

މި ބައްދަލުވުމުގެ ތެރެއިން، މަދަނީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ މުހިންމު އިޞްލާޙުތަކާ ގުޅޭގޮތުންނާއި، ކޯޓުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އަގުހުރި ޚިޔާލުތަކަކާއި ހުށަހެޅުންތަކެއް ވަނީ ހިއްސާކޮށްފައެވެ.

ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބަދަލުތަކެއް ގެނުވި މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

މި ގާނޫނަކީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، ޝަރީޢަތް ހިންގުމުގެ މަރުޙަލާތަކުގެ އިތުރުން، އެފަދަ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ވަޒަންކުރުމުގެ އުސޫލުތައް އެކަށައަޅާފައިވާ މައިގަނޑު ގާނޫނެވެ.

https://wamco.com.mv/
tel:+9607331319