
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
އެއްގަމު އުޅަނދު ޓޯކުރާ މައްސަލަ ހައްލުކޮށްދޭން ކޮމިޓީއަށް ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 09 އޯގަސްޓު 2026 - 10:28
އެއްގަމު އުޅަނދުތައް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރުމަށްފަހު، އެ އުޅަނދުތައް ޓޯ ކުރަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެންނެވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މިކަމާ ގުޅޭގޮތުން ކޮމިޓީއަށް ފޮނުއްވި ސިޓީގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އެކުލަވައިލާފައިވާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދުތަކާ ބެހޭ ގަވާއިދު ގައި ހުރި ބައެއް ކަންބޮޑުވުންތައް ވަނީ ފާހަގަކުރައްވާފައެވެ.
ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ގަވާއިދާ ހިލާފުވާ އުޅަނދުތަކުގެ ވެރިފަރާތުން ޖޫރިމަނާ ދައްކާނެ އުސޫލުތައް ކަނޑައެޅިފައި އޮތް ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް 48 ގަޑިއިރު ހަމަނުވަނީސް ދޫނުކުރާ ގޮތަށް އޮތުމަކީ ބޮޑު ތަކުލީފެކެވެ.
މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި އެކަށީގެންވާ ޕާކިންގ ޒޯންތަކެއް ނެތްއިރު، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށާއި، ވަޒީފާއަށް ދިއުމަށާއި، ދަރިވަރުން ސްކޫލަށް ގެންދިއުމަށް އުޅަނދުތަކަށް ބަރޯސާވާން ޖެހިފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޖޫރިމަނާ ކުރުމުގެ އިތުރުން އުޅަނދު ޓޯ ކުރުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން، އެ މައްސަލަތަކަށް އޮތް ހައްލުތައް ދެނެގަތުމުގެ މަގްސަދުގައި، މަޖިލީހުގެ ގަވާއިދު ކޮމިޓީއާއި ފުލުހުންގެ ކަމާބެހޭ ފަރާތްތަކާ އެކު ބައްދަލުވުމެއް ބާއްވައިދިނުމަށް އެދި މެމްބަރު ވަނީ އެ ސިޓީގައި ބަޔާންކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
9 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
9 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
10 ގަޑިއިރު ކުރިން


