
މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވީ ހދ އަތޮޅާއި މާލެއިން

މުޙައްމަދު ފަޟްލޫން - 09 އޯގަސްޓު 2026 - 12:33
ވޭތުވެދިޔަ އަހަރު ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައިވަނީ މާލެއާއި ހދ. އަތޮޅުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާއި ހެލްތު މިނިސްޓްރީ ގުޅިގެން ނެރެފައިވާ ބާރތްސް އެންޑް ޑެތްސް އިން މޯލްޑިވްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރު ރާއްޖެއިން ޖުމްލަ 1,398 މީހުން ނިޔާވެފައިވެއެވެ.
މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ނިޔާވީ މާލެ ސަރަހައްދުންނެވެ. އަދި ދެވަނައަށް އެންމެ ގިނަ މީހުން ނިޔާވެފައިވަނީ، އާބާދީގެ ގޮތުން ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު އަތޮޅު ކަމަށްވާ ހދ. އަތޮޅުންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިޔާވި މީހުންގެ 61 އިންސައްތައަކީ ފިރިހެނުންނެވެ.
އެއީ ޖުމްލަ 858 ފިރިހެނުންނެވެ. އުމުރުފުރާތަކަށް ބަލާއިރު، އެންމެ ގިނައިން މީހުން ނިޔާވެފައިވަނީ 65 އަހަރުން މަތީގެ އުމުރުފުރާއިންނެވެ.
މީގެ އިތުރުން، 18 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއަކީ ދެވަނައަށް އެންމެ ގިނަ މީހުން ނިޔާވި އުމުރުފުރާއެވެ.
މި އުމުރުފުރާއިން 320 ފިރިހެނުންނާއި 131 އަންހެނުން ނިޔާވެފައިވާކަން ރިޕޯޓުން ހާމަވެއެވެ.
ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް އުފަންވެފައިވަނީ ޖުމްލަ 5,625 ކުދިންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
10 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
10 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
10 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
10 ގަޑިއިރު ކުރިން


