
1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 09 އޯގަސްޓު 2026 - 12:33
1.1 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު އިއުލާނުކޮށްފިއެވެ.
މި ފަހަރު ވިއްކުމަށް ހުޅުވާލި ޓީ-ބިލްތަކުގެ ތަފްސީލަށް ބަލާއިރު، 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް 265 މިލިއަން ރުފިޔާގެ ބިލަކާއި، 98 ދުވަހުގެ މުއްދަތަށް 55 މިލިއަން ރުފިޔާގެ ބިލެއް ހިމެނެއެވެ.
މީގެ އިތުރުން، 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް 255 މިލިއަން ރުފިޔާގެ ބިލަކާއި، އެއް އަހަރު ދުވަހުގެ (365 ދުވަސް) މުއްދަތަށް 535 މިލިއަން ރުފިޔާގެ ބިލެއް ވިއްކުމަށް ވެސް ވަނީ ނިންމާފައެވެ.
މި ޓީ ބިލްތަކުގެ އިންޓްރެސްޓް ރޭޓްތައް ހުރީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ.
އާންމުގޮތެއްގައި ސަރުކާރުން ވިއްކާ މިފަދަ ބިލްތައް ބައްލަވައިގަންނަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އެޑްމިނިސްޓްރޭޝަނާއި، ބޭންކުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބޮޑެތި ކުންފުނިތަކުންނެވެ.
ޓީ-ބިލަކީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ގަވަރުމަންޓް ސެކިއުރިޓީޒްގެ ގޮތުގައި ދޫކުރާ ކުރު މުއްދަތުގެ މާލީ ވަސީލަތެކެވެ.
މިއީ ދިވެހި ރުފިޔާއިން، ކަނޑައެޅޭ ވަކި ޑިސްކައުންޓް އަގެއްގައި ވިއްކާ އަދި މުއްދަތު ހަމަވުމުން އޭގެ ފޭސް ވެލިއު ނުވަތަ މޫނުމަތީ އަގު އަނބުރާ ދައްކާ ގޮތަށް ކުރިއަށްގެންދާ މުޢާމަލާތެކެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
9 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
9 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
10 ގަޑިއިރު ކުރިން


