logo

ކްރިމިނަލް ކޯޓުގެ ފަނިޑޔާރު ކަމަށް 3 ބޭފުޅުން އައްޔަނުކުރަނީ

profile

މުޙައްމަދު ފަޟްލޫން - 09 އޯގަސްޓު 2026 - 13:55

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

https://wamco.com.mv/

އެ ކޯޓުގެ ފަނޑިޔާރުކަމުގެ ތިން ފުރުސަތަކަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލުމުން، ޖުމްލަ 29 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރޭގައި ކުރިން ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް މެޖިސްޓްރޭޓުންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަގާމުތަކަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވާ ތިން ބޭފުޅުންނަކީ:

އަހުމަދު ތައުފީގު ، ޑޭޒީމާގެ، ހއ. ދިއްދޫ

ސުލައިމާން މުހައްމަދު ، ނޫރާނީގެ، ޅ. ކުރެންދޫ

މުހައްމަދު އަބްދުﷲ ،ޑްރީމް، ތ. ވޭމަންޑޫ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅުން ހޮވާފައިވާއިރު، ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 42 ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލައްވާފައެވެ.

https://wamco.com.mv/
tel:+9607331319