
އަމާން ހިޔާގެ މަސައްކަތް މި މަހު ނިންމަނީ

މުޙައްމަދު ފަޟްލޫން - 09 އޯގަސްޓު 2026 - 12:33
ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން ބަދަލުކުރަން ނިންމާފައިވާ އަމާން ހިޔާ އިމާރާތަށް ބަދަލުގެނައުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން ހަމަޖެހިފައިވާ ކަމަށް އާރުޑީސީ އިން ބުނެފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ، އަމާން ހިޔާ އިމާރާތުގައި ޕާޓިޝަން ޖެހުމާއި، ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
އަމާން ހިޔާ އިމާރާތް ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ސަރުކާރުން ނިންމާފައިވަނީ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލް ތަޅާލުމަށްފަހު، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ ބިމުގައި 100 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ބިނާކުރުމަށެވެ.
މި އާ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް މިހާރު ފެށިފައިވާއިރު، މި މަޝްރޫއުގެ ދަށުން ދެ އިމާރާތެއް ބިނާކުރެވޭނެއެވެ.
މި ހޮސްޕިޓަލް ފުރިހަމަވެގެން އަންނައިރު، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓް ހިދުމަތްތަކުގެ އިތުރުން، ކުއްލި ފަރުވާ، ޑައިގްނޯސްޓިކް ހިދުމަތްތަކާއި އައި.ސީ.ޔޫ އަދި ހީމޯޑަޔަލިސިސް ފަރުވާއަށް ހާއްސަ ވަސީލަތްތައް ގާއިމްކުރެވިގެންދާނެއެވެ.
އަމާން ހިޔާގެ މަރާމާތު ނިމި، ހޮސްޕިޓަލުގެ ހިދުމަތްތައް އެ ތަނަށް ބަދަލުކުރުމާއެކު، އައު ހޮސްޕިޓަލް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މަގުފަހިވެގެންދާނެއެވެ.
ވިލިމާލޭގައި އަލަށް ގާއިމުކުރެވޭ މި ހޮސްޕިޓަލަކީ އެ އަވަށުގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް، ހަރުދަނާ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ވަރަށް މުހިއްމު މަޝްރޫއެކެވެ.
ގުޅުން ހުރި ޙަބަރުތައް

ސައިކަލެއް ކަހާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
6 ގަޑިއިރު ކުރިން

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް ސްޓޭބަލް ކަނޑައަލައިފި
10 ގަޑިއިރު ކުރިން

މަސްތުވާތަކެއްޗާއެކު މަޝްހޫރު 3 ފިލްމު ސްޓާރުން ވިލިމާލެއިން ހައްޔަރުކޮށްފި
11 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިރުމަތީ ގުދުސްގައި ހުންނަ އިނގިރޭސި ކޮންސިއުލޭޓްގެ ބޯޑުތައް ނަގައިފި
12 ގަޑިއިރު ކުރިން


