logo
ކަޅުބިލަ މަހުގެ މަސްވެރިކަން ކުރަނީ---

ކަޅުބިލަ މަހުގެ މަސްވެރިކަން ކުރަނީ---

މަސްވެރިކަން ރަނގަޅުވެ، އޮކްޓޫބަރު މަހު އެކަނިވެސް މަސްވެރިންނަށް 30 މިލިއަން ރުފިޔާ ދޫކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 02 ނޮވެމްބަރު 2026 - 11:10

މަސްވެރިކަން ރަނގަޅުވެ، މަސްވެރިން ކިރުވި މަހަށް މިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކޮށްފިއެވެ.

https://wamco.com.mv/

މިފްކޯއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި 462 ދޯންޏަކުން ޖުމްލަ 1،356 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި އެ މަހަށް ވާ ފައިސާގެ ގޮތުގައި މަސްވެރިންނަށް ޖުމްލަ 30،038،039 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ސެޕްޓެންބަރު މަހު މަސްވެރިންނަށް ދޫކުރި 27.3 މިލިއަން ރުފިޔާއާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

View post on Twitter

މިދިޔަ މަހު މިފްކޯއަށް ކިރުވި މަހުގެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ. އެގޮތުން، ކަޅުބިލަމަސް ބޭނި 462 ދޯންޏަކުން ކިރުވި 1،354.77 ޓަނުގެ މަހަށް 30،007،339 ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ފަސް ދޯންޏަކަށް 30،700 ރުފިޔާ ދޫކޮށްފައިވާ ކަމަށް ވެސް މިފްކޯގެ ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ރަނގަޅު މަސްވެރިކަމެއް ރެކޯޑުކުރެވިފައިވަނީ ވޭތުވެދިޔަ އޭޕްރީލް މަހުގައެވެ. އެ މަހު އެކަނިވެސް 4،414 ޓަނުގެ މަސް ކިރުވައިގެން މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި މިއަހަރު މަސްވެރިކަން އެންމެ ބޮޑަށް ދަށްވެފައިވަނީ ޖޫން މަހުގައެވެ. އެ މަހު ކިރުވިފައިވަނީ 568 ޓަނުގެ މަހެވެ.

މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށްވުރެ ދަށްނުވާނެ އުސޫލެއް ކަނޑައަޅުއްވާނެ ކަމަށް މީގެ ކުރިން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މިފްކޯއިން މިހާރު ވެސް މަސް ގަންނަމުންދަނީ ކިލޯއެއްގެ 20 ރުފިޔާގެ މަގުންކަން ފާހަގަކޮށްލަންޖެހެއެވެ.

https://wamco.com.mv/
tel:+9607331319