
މިފްކޯގެ 7 ވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވުން / ފޮޓޯ: މިފްކޯ
މިފްކޯގެ 7 ވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 23 އޮކްޓޯބަރު 2026 - 08:47
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި ރޭ ހުޅުވައިފިއެވެ.
މިއީ ރާއްޖޭގެ ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވުމަށް ކުންފުނިން ނިންމާފައިވާ ނިންމުމުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ މަސްފިހާރައެވެ.
މީގެ ކުރިން، މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މަސްފިހާރައެއް ހުޅުވާފައެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.
ރޭ ހުޅުވި ފުވައްމުލަކު މަސްފިހާރަ ގާއިމުކޮށްފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެންނެވެ.
މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ރައްޔިތުން ބައިވެރިވިއެވެ.
ފުވައްމުލަކު މަސްފިހާރައިގެ ސަބަބުން އެރަށު ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެއެވެ.
1 އޮގަސްޓް 2026 އިން ފެށިގެން މިފްކޯގެ މަސްފިހާރަތައް ހަފުތާގެ ހަތް ދުވަހު ހުޅުވަން ހަމަޖައްސާފައި ވާއިރު، ފުވައްމުލަކު ފިހާރައިންވެސް ހުކުރު ދުވަހުވެސް ހިދުމަތް ލިބޭނެއެވެ.
މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ
19 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކާލާ ވިއްކާލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން
19 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢުގެ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަންޖެހޭ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މޫސުން ގޯސްވެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގެއްލުންވަމުންދާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި
20 ގަޑިއިރު ކުރިން


