
ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ

މުޙައްމަދު ފަޟްލޫން - 23 އޮކްޓޯބަރު 2026 - 13:23
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޓެކްނިކަލް މުވައްޒަފުންގެ ޑިއުޓީ އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސިއްހަތާއި ބެހޭ ވުޒާރާއިން ދޮގުކޮށްފިއެވެ.
ޑިއުޓީ އެލަވަންސް 100 ރުފިޔާއިން 60 ރުފިޔާއަށް ކުޑަކުރި ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ސިއްހީ ދާއިރާގެ މުސާރައަށް 2023 ވަނަ އަހަރުގެ މެއި މަހު ގެނައި ބަދަލާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސުން އާންމުކުރި ޕޭ ފްރޭމްވޯކްގެ ދަށުން 100 ރުފިޔާގެ އެލަވަންސެއް ކަނޑައަޅާފައިވެއެވެ.
ނަމަވެސް، މިދިޔަ އޮގަސްޓް މަހު ޕޭ ފްރޭމްވޯކަށް ގެނައި ބަދަލަކާ ގުޅިގެން، ދަންވަރު 12:00 އިން ހެނދުނު 6:00 އާ ދެމެދު މަސައްކަތްކުރާ މުވައްޒަފުންގެ އެލަވަންސް 60 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މި ވާހަކަތައް ދޮގުކޮށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ އެއްވެސް މުވައްޒަފެއްގެ އެލަވަންސް ކުޑަކޮށްފައި ނުވާނެ ކަމަށެވެ.
އަލަށް ގެނެވުނު ބަދަލަކީ މީގެ ކުރިން އެލަވަންސް ނުލިބޭ މުވައްޒަފުންނަށް ވެސް އެލަވަންސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ސިއްހަތާއި ބެހޭ ވުޒާރާ އިން ވަނީ ބުނެފައެވެ.
ޓެކްނިކަލް މުވައްޒަފުންގެ ޑިއުޓީ އެލަވަންސް ކުޑަކުރި ކަމަށް ބުނެ އަޑުފެތުރުނީ ހުޅުމާލެ ހޮސްޕިޓަލުން އެންގި އެންގުމަކާ ގުޅިގެން ކަމަށް މީޑިއާތަކުގައި ބަޔާންކޮށްފައި ވީނަމަވެސް، އެއީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށް ވެސް ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ ވިއްކާލާ ވިއްކާލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން
19 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢުގެ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަންޖެހޭ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މޫސުން ގޯސްވެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގެއްލުންވަމުންދާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި
20 ގަޑިއިރު ކުރިން

ދުސްތޫރު ބޮލާލައިޖަހާ ސަރުކާރުތަކަށް ރައްޔިތުން ވޯޓުން އަޑުއިއްވާނެ: މޭޔަރު އާޒިމް
20 ގަޑިއިރު ކުރިން


