
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް,, ފޮޓޯ: މާލެ ސިޓީ ކައުންސިލް
ދުސްތޫރު ބޮލާލައިޖަހާ ސަރުކާރުތަކަށް ރައްޔިތުން ވޯޓުން އަޑުއިއްވާނެ: މޭޔަރު އާޒިމް

އާމިނަތު ޝަޒްލާ - 23 އޮކްޓޯބަރު 2026 - 12:35
ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުއަސާސީއާ ޚިލާފަށް ހިންގާ ސަރުކާރުތަކަށް ރައްޔިތުން ވޯޓުން ރައްދުދޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު އާޒިމް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އާޒިމް ވިދާޅުވީ، ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ މަތިން ވެރިކަން ކުރުމަށް ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކުން، އެ ޤައުމެއްގެ ދުސްތޫރު ބޮލާލައިޖަހައި، ރައްޔިތުންގެ އަޑުއެހުމެއް ނެތި ކަންކަން ކުރަމުންދާނަމަ، އެކަމުގެ ނަތީޖާ ސަރުކާރަށް ފެންނާނެ ކަމަށެވެ. އަދި އެފަދަ ޙާލަތްތަކުގައި ރައްޔިތުން އެ ސަރުކާރެއްގެ "ކަންފަތަށް އަޑުއިއްވާނީ" ވޯޓު ކަރުދާހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ އެ ނިންމުމަކީ އަނިޔާވެރިކަމާއި ޚުދުމުޚުތާރު ކަންކަމަށް "ދެން ފުދިއްޖެ" (އިނަފް އިޒް އިނަފް) ކަމަށް ބުނެ އިއްވާނެ ވަރުގަދަ އަޑަކަށް ވެގެންދާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި އާދަމް އާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ، މިހާރުގެ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ބައެއް ކަންކަން ނިންމަމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަނިކޮށް، ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޚާއްޞަކޮށް، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުތަކާއި އެހެނިހެން ސިޔާސީ ނިންމުންތަކުގައި ސަރުކާރަށް ރައްޔިތުންގެ ނުރުހުން ފެންނާނެ ކަމަށް އިދިކޮޅު ލީޑަރުން ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ
19 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކާލާ ވިއްކާލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން
19 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫޢުގެ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަންޖެހޭ: ފައިސަލް ނަސީމް
20 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މޫސުން ގޯސްވެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގެއްލުންވަމުންދާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި
20 ގަޑިއިރު ކުރިން


