
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް,, ފޮޓޯ: ރައީސް އޮފީސް
ރަސްމާލެ މަޝްރޫޢުގެ މައުލޫމާތު ދެފުށް ފެންނަ ގޮތެއްގައި ހާމަކުރަންޖެހޭ: ފައިސަލް ނަސީމް

އާމިނަތު ޝަޒްލާ - 23 އޮކްޓޯބަރު 2026 - 12:36
ރާއްޖޭގައި ކުރިއަށްގެންދާ ބޭރުގެ އިންވެސްޓްމަންޓްތަކަށް ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ބޭރުގެ އިންވެސްޓްމަންޓްތަކަކީ އެމަނިކުފާނު ދެކޮޅު ހައްދަވާ ކަމެއް ނޫނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން ވަނީ ނުހަނު ބޮޑު ހިއްސާއެއް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ކުރެވޭ އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ސިއްރުކުރެވިފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ފައިސަލް ވިދާޅުވީ، މިއީ ޤައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ، އޭގެ ޝަރުޠުތަކާއި، އެއްބަސްވުންތަކާއި، އަދި އޭގެ ސަބަބުން ދިގުމުއްދަތުގައި ނިކުމެދާނެ ނަތީޖާތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކޮށް، އެކަންކަން ރައްޔިތުންނަށް ސާފުވާން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ފާހަގަކުރައްވަމުން، ރައްޔިތުންގެ އަޑުއަހައި އެ މީހުންގެ ކަންބޮޑުވުންތަކަށް ވެރިކަންކުރާ ފަރާތްތަކުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފައިސަލް ނަސީމްގެ ޕޯސްޓް ނިންމަވާލައްވަމުން ވަނީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ނުވަތަ ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ
19 ގަޑިއިރު ކުރިން

ރަސްމާލެ ވިއްކާލާ ވިއްކާލުމަކީ އަނބުރާ އިޔާދަ ކުރެވޭނެ ކަމެއް ނޫން: ރައީސް ޔާމީން
19 ގަޑިއިރު ކުރިން
.jpg&w=3840&q=75)
މޫސުން ގޯސްވެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގެއްލުންވަމުންދާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި
20 ގަޑިއިރު ކުރިން

ދުސްތޫރު ބޮލާލައިޖަހާ ސަރުކާރުތަކަށް ރައްޔިތުން ވޯޓުން އަޑުއިއްވާނެ: މޭޔަރު އާޒިމް
20 ގަޑިއިރު ކުރިން


