logo

ފެލިވަރުގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށް: މިފްކޯ

profile

ރިޟްވާން މޫސާ - 25 ސެޕްޓެމްބަރު 2026 - 10:25

ރާއްޖޭގައި މިވަގުތު ގާއިމުކުރާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށްދާކަމަށް މިފްކޯއިން ހާމަކޮށްފި އެވެ.

https://wamco.com.mv/

ސަރުކާރުން ޅ.ފެލިވަރުގައި ގާއިމުކުރަނީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިހާރު ފެލިވަރުގައި ބޭނުންު ކުރަމުންދަނީ 700ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.

ކޯލްޑް ސްޓޯރޭޖްގެ ޑެޕިއުޓީ މެނޭޖަރ ޢަބްދުލްހާދީ މުޙައްމަދު ވިދާޅުވީ، މިހާރުގެ އޮޕަރޭޝަންތައް ކުރީގެ ގޮތްތަކާ ތަފާތު ކަމަށާއި، ކުރިން 50 ޓަނު ފްރީޒްކުރި ނަމަވެސް، މިހާރު ފްރީޒް ކުރުމުގެ ބަދަލުގައި މަސްވެރިންނާ ބޯޓުފަހަރުން ގަންނަ މަސް ރައްކާކުރަނީ އާރްއެސްޑަބްލިޔު ނިޒާމުގައިަކަމަށެވެ.

އެ ނިޒާމުގައި މަސް ބެލެހެއްޓުމަށްފަހު ކޭނެރީއަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، އައު ކޯލްޑް ސްޓޯރޭޖް އައުމުން މަސް ގަނޑުކޮށް ފިނިކުރެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެގެންދާނެއެވެ.

މީގެއިތުރުން، އައު ތަން ހުޅުވުމުން މަސް ކިރުމުގެ ދުވެލި އެތައް ގުނައަކަށް އަވަސްވެގެންދާނެ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ގާތްގަނޑަކަށް 23 މިލިއަން ޑޮލަރު ޚަރަދުކޮށްގެން، އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރަނީ ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގައެވެ. މި މަޝްރޫޢުގެ ތެރެއިން ޒަމާނީ އައު ބަނދަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

އަދި މަސް ކިރައި އުފުލުމުގެ ފަސޭހައަށްޓަކައި ބަނދަރުގައި މިހާރު ވަނީ 3 ކްރޭންވެސް ހަރުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319