logo
ރާއްޖޭގައި މަސްވެރިކަން ކުރާ ދޯންޏެއް---

ރާއްޖޭގައި މަސްވެރިކަން ކުރާ ދޯންޏެއް---

ލޮނުފެނުން މަސް ފިނިކުރާ ނިޒާމާއެކު މަސްދޯނިފަހަރުގެ ހިންގުމުގެ ހަރަދު 30 އިންސައްތަ ދަށްވެއްޖެ!

profile

ޖިނާން ޙުސައިން ޖަބީން - 23 ނޮވެމްބަރު 2026 - 07:07

ރާއްޖޭގެ މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމާ ގުޅިގެން، އެ އުޅަނދުފަހަރުގެ ހިންގުމުގެ ހަރަދުން 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރެއް ސަލާމަތްކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މަސްދޯނިފަހަރުގައި މި ނިޒާމު ގާއިމުކުރުމަށްޓަކައި އެ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ ލޯނު ފެސިލިޓީގެ ދަށުން، މިހާތަނަށް 40 މަސްދޯންޏަކަށް 37.98 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓްތަކުން އެކަށީގެންވާ ވަރަށް އައިސް ނުލިބުމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، އައިސް ގަތުމަށް މަސްވެރިން ކުރަންޖެހޭ ބޮޑު ހަރަދު ކުޑަކުރުމުގެ މަގްސަދުގައި ތައާރަފުކުރި ފުރުސަތެކެވެ. މީގެއިތުރުން، ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކަނޑުމަތީގައި ގިނަވަގުތު ހޭދަކޮށްގެން މަސްވެރިކަމުގެ ނަފާ އިތުރުކުރުމަކީވެސް މި މަޝްރޫއުގެ މައިގަނޑު އެއް ބޭނުމެވެ.

މި ފެސިލިޓީއަށް އެދުމުގެ ފުރުސަތު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ހުޅުވާލުމަށްފަހު، މިހާރު ވަނީ މަސްވެރިންނަށް ލުއިފަސޭހަ ގިނަ ބަދަލުތަކަކާއެކު އަލުން ހުޅުވާލާފައެވެ. އެގޮތުން، އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިނޭންސިންގ ލިމިޓް 4 މިލިއަން ރުފިޔާއަށް ބޮޑުކޮށް، ދޯނިފަހަރަށް އިންޖީނު އެޅުމަށާއި ބާޑް ރާޑަރު ހަރުކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ. ވަކިން ހާއްސަކޮށް، މި ލޯނުގެ 35 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މިހާތަނަށް 13 އުޅަނދެއްގައި މި ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި އޭގެ ތެރެއިން 6 އުޅަނދެއް އިންސްޕެކްޓްކުރުމަށްފަހު، ލޯނުގެ 35 އިންސައްތަ މިހާރު ވަނީ މައާފުކޮށްދީފައެވެ. ސަރުކާރުގެ އަމާޒަކީ ޖުމްލަ 200 މަސްދޯނީގައި މި ނިޒާމު ގާއިމުކުރުމެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މަސްވެރިން ހޭލުންތެރިކުރުވުމަށްޓަކައި އެ ވުޒާރާއިން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގެ 12 އަތޮޅެއްގެ 22 ރަށެއްގައި ހޭލުންތެރިކުރުމުގެ ހާއްސަ ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ.

https://wamco.com.mv/
tel:+9607331319