logo
ކަޅުބިލަ މަހުގެ މަސްވެރިކަން ކުރަނީ---

ކަޅުބިލަ މަހުގެ މަސްވެރިކަން ކުރަނީ---

119 މަސްވެރިއަކަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 21 އޮކްޓޯބަރު 2026 - 10:25

މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

https://wamco.com.mv/

މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި، ފިޝަރީޒް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި ސްކީމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި ހިދުމަތް ފެށި ފަހުން މިހާތަނަށް ލޯނަށް ޝަރުތު ހަމަވި 119 މަސްވެރިއަކަށް މިހާރު ވަނީ ލޯނު ހަމަޖައްސައިދީފައެވެ.

View post on Twitter

މި ސްކީމްގެ ހިދުމަތްތައް ފޯރުކޮށްދެމުން ގެންދަނީ މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މިއީ ޝަރީއާގެ ހަމަތަކަށް ފެތޭގޮތަށް، އިސްލާމިކް ފައިނޭންސިންގގެ އުސޫލުން ކުރިއަށްގެންދާ ސްކީމަކަށް ވުމާއެކު، ބޭންކުގެ ބްރާންޗަކަށް ދާންނުޖެހި، ކޮންމެތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.

މި ނިޒާމުގެ ސަބަބުން ލޯނު ޕްރޮސެސް ކުރުމުގެ މަރުހަލާތައް ކުރިއަށްވުރެ އަވަސްވެ، ދެފުށް ފެންނަ އުސޫލަކުން ކަންކަން ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މަސްވެރިޔާ ޕޯޓަލް މެދުވެރިކޮށް މަސްވެރިކަމަށް ބޭނުންވާ ޒަމާނީ އާލާތްތައް ގަތުމަށާއި، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރުމަށް ފައިސާ ދޫކުރުމުގެ އިތުރުން، ބޯހިޔާވަހިކަމަށާއި، ދަރިންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށާއި، އަދި ގެސްޓްހައުސް ފަދަ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ. މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ހާއްސަކޮށް މިފަދަ ހިދުމަތެއް ތައާރަފްކުރުމުގެ ސަބަބުން އެ ފަރާތްތަކަށް އެތަކެއް ގޮތަކުން ފައިދާވާނެ ކަމަށް މަސްވެރިން ދެކެއެވެ.

https://wamco.com.mv/
tel:+9607331319