
މާބައިދޫގައި 25 ޓަނުގެ އައިސްޕްލާން މިއަހަރު ހުޅުވަނީ!

ރިޟްވާން މޫސާ - 22 އޯގަސްޓު 2026 - 07:49
ލ. މާބައިދޫގައި ސަރުކާރުން ޤާއިމުކުރާ އައިސްޕްލާންޓުގެ މަސައްކަތް ނިންމާ މިއަހަރު ބޭނުންކުރަން ފަށާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި އައިސްޕާންޓް ހިންގުމަށް މޯސްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ހަވާލުކޮށްފަ އެވެ.
މާބައިދޫގެ އައިސްޕްލާންޓްގެ މަސައްކަތް ފަށާފައި ވަނީ ނިމިދިޔަ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކޮށްގެން އޭރު ކުރިއަށް ގެންދިޔައީ ފެނަކަ ކޯޕަރޭޝަނުންނެވެ.
މާބައިދޫގައި ގާއިމުކުރާ މި އައިސްޕްލާންޓްގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު މަސްވެރިކަމާއިވެހޭ ވުޒާރާއިން ވަނީ މިކއަހަރުގެ ތެރޭގައި މި އައިސްޕާންޓްގެ މަސައްކަތް މުޅިން ނިންމައި، މަސްވެރިންނަށް ޙިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަން ހާމަކުރައްވާފަ އެވެ.
މާބައިދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތައް ނިމި، މި އައިސްޕްލާންޓުން ޚިދުމަތް ދޭން ފެށުމުން، އެ ރަށުގެ އިތުރުން ލ. އަތޮޅުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
100 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ވަރުގެ ފެސިލިޓީއެއް ހުޅުމާލޭގައިވެސް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު 5 ރަށެއްގައި އައިސްޕްލާންޓް ޤާއިމްކޮށް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށާއި، އިތުރު 15 ރަށުގައި އައިސްޕްލާންޓުގެ ޚިދުމަތް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ސަރުކާރުން ގެންދަވަނީ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭގައި ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި
4 ގަޑިއިރު ކުރިން

ވީހާވެސް އަވަހަކަށް ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
6 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ވާހަކަ - ބަދުނާމު ( އެޕިސޯޑް 2 )
7 ގަޑިއިރު ކުރިން
.webp&w=3840&q=75)
ސައޫދީގެ އިރުމަތީ ސަރަހައްދާއި މަދީނާއަށް އަމާޒުކުރި 5 ޑްރޯނެއް އެގައުމުގެ އިއްތިހާދުން ވައްޓާލައިފި
11 ގަޑިއިރު ކުރިން


