logo
ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފު ---

ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފު ---

ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފި

profile

އަހުމަދު ޔައީޝް - 26 ޑިސެމްބަރު 2022 - 15:37

ސްޓެލްކޯގެ 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފިއެވެ.

https://wamco.com.mv/

އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވާފައި ވަނީ މިއަދު، ސްޓެލްކޯ އިމާރާތުގެ ޖަލްސާކުރާ މާލަމުގައެވެ.

އާއްމު ޖަލްސާގައި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ކުރިއަށް އޮތް ބިޒްނަސް ޕްލޭނާއި ބެހޭ ގޮތުން ވަނީ މައުލޫމާތުދީފައެވެ. އެގޮތުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އަދި ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ސެޓެލްކޯގެ އަމާޒަކީ އެ ކުންފުނީގެ ގްރިޑްގައި ބޭނުންކުރަމުން އަންނަ 35 އިންސައްތަ ހަކަތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ.

މިޖަލްސާގައި ވަނީ 2021 ވަނަ އަހަރުގެ އުސްއަލިތަކާއި، ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކުގެ އިތުރުން މިފެށޭ އަހަރު ކުންފުނިން ފެށުމަށް ނިންމާފައިވާ މަޝްރޫއުތަށް ހާމަކޮށްފައެވެ.

https://wamco.com.mv/
https://www.aslu.com.mv