
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން
ޚިޔާނާތުގެ މައްސަަލަތަކެއް ބަލާތީ ގޭސް ކުންފުނީގެ ކުރީގެ އެމްޑީ މާނު ފުރުންމަނާކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 05 އޯގަސްޓު 2024 - 06:37
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ޚިޔާނާތުގެ މައްސަލަތަކަކާ ގުޅިގެން މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރާއްޖޭން ފުރުން މަނާކޮށްފިއެވެ.
އަބްދުﷲ ރާއްޖޭން ބޭރަށް ފުރުން މަނާކޮށްފައިވަނީ އޭސީސީން މައްސަލަތަކެއް ބަލަމުން ދަނިކޮށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށްފަހު، އެނބުރި ވަޑައިގަތުމާއެކުއެވެ. އޭނާ ރާއްޖެ ވަޑައިގަތީ ގައުމު ދޫކުރައްވައި ވަޑައިގަތް ފަހުން ހަ އަހަރު ދުވަސް ފާއިތުވި ފަހުންނެވެ.
އަބްދުﷲ ފުރާވަޑައިގަތީ އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އޭސީސީން ކޯޓުގައި އެދިފައި އޮތް ދަނޑިވަޅެއްގައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގޭސް ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުﷲ 2018ގެ ފަހުން، ދިރިއުޅުއްވީ ރާއްޖޭން ބޭރުގައެވެ.
އެހެން ނަމަވެސް، އޭސީސީން ބަލަމުންދާ ބައެއް މައްސަލަތަކުގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ އުފުލައިދޭން އެދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.
އަބްދުﷲގެ މައްޗަށް ދައުވާކޮށްފައިވާ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ މަނީ ލޯންޑެރިންގެ މައްސަލަ ބަލަނީ ފުލުހުންނެވެ. މަނީ ލޯންޑްރިންގެ މައްސަލަތައް ތަހުގީގުކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ފުލުހުންގެ މައްޗަށެވެ.
އެ މައްސަލައިގައި އޭނާ ތަހުގީގަށް ހާޒިރު ކުރަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ. އެކަމަކު އެ އަމުރަށް އޭނާ ތަބާވެފައެއް ނުވެއެވެ.
އޭނާގެ މައްޗަށް އޭސީސީން ދައުވާކޮށްދޭން އެދުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް، އެއްސަތޭކަ އަށްޑިހަނުވަ ރުފިޔާ، ތިރީސް އަށް ލާރި) ނަގާފައިވާކަމަށް ތަހުގީގުކުރި މައްސަލައެއްގައެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެއެވެ.
- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ކުށެއް ކުރަން އެދުމުގެ ދައުވާ
- ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
- ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ
- ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
ގުޅުން ހުރި ޙަބަރުތައް

ވިލިނގިލީގައި ހެދި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފީގެ މަސައްކަތް އެއްކޮށް ނިންމާލައިފި
3 މިނިޓު ކުރިން

65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނުން ހައްޖު ޖާގަ ކަށަވަރުކުރެވޭ ގޮތް ހަދައިފި
3 މިނިޓު ކުރިން

ދުވަހެއް ދުވަހަކަށް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވަމުންދާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
8 މިނިޓު ކުރިން

ނޮވެމްބަރު 19 ގެ ނިޔަލަށް ބަޖެޓް ދިރާސާކޮށް ނިންމަނީ
9 މިނިޓު ކުރިން


