
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އޮރިއަންޓޭޝަންއެއްގެ ތެރެއިން
ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ވަގުތީ އަމުރެއް!

ޔޫޝައު ހަސަން - 25 އޭޕްރީލު 2023 - 14:01
ޓީޗީން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އާންމުކުރި "އީ-ލާނިން ގައިޑްލައިން"އަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.
ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހަދައި ގެޒެޓް ކޮށްފައިވާ ގަވާއިދު އީލާނިންގް ގައިޑްލައިންގެ 11 ވަނަ މާއްދާއަކީ ގާނޫނުއަސާސީއާ ހިލާފު މާއްދާއެއް ކަމަށް ބުނެ، މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ހައިކޯޓަށް ހުށާހެޅި ދުސްތޫރީ މައްސަލައާ ގުޅިގެން ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ދެ ފަރާތުގެ މަސްލަހަތާއި އާންމު މަސްލަހަތަށް ބެލިޔަސް، މައްސަލަ ނުނިމި އޮންނަ މުއްދަތުގައި ޓީޗިން ދާއިރާގެ އޮންލައިން ކޯސްތަކަށް ނުވަދެވި ދަރިވަރުން ތިބެން ޖެހުމަކީ އެ މީހުންނަށް ދެވޭ ބޮޑު ނިކަމެތި ކަމެއް ކަމަށެވެ.
އެހެންވެ، ޓީޗިން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭނެ ކަމަށް ގައިޑްލައިންގައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމަވައިފައެވެ.
ފަނޑިޔާރު މުހައްމަދު ފައިސަލް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.
ކޮލިފިކޭޝަން އޮތޯރިޓީން މިދިޔަ އަހަރު ގެޒެޓުކުރި ގައިޑްލައިންގައި ވަނީ އީ-ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމަށް ޝަރުތުހަމަވާ ކޯސްތަކާއި އެ ގޮތަށް ކިޔަވައިނުދެވޭނެ ކޯސްތައް ވަކިން ފާހަގަކޮށްފަ އެވެ. އީ-ލާނިން ކަމަށް ބުނެފައިވަނީ ބްލެންޑެޑް މޯޑު (ކޮންޓެންޓުގެ 30-80 ޕަސެންޓް އޮންލައިން ގެންދާ) އަދި ހުރިހާ ފިލާވަޅެއް އޮންލައިންކޮށް ނަގައިދޭ މެތަޑަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން