
މަރުކަޒީ ބޭންކް ، އެމްއެމްއޭ
ގާތުންދޭ މައިންނަށް އެމްއެމްއޭއިން ލުޔެއް!

އަހުމަދު ޒަލީފު - 08 މާރިޗު 2023 - 16:32
އެމްއެމްއޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ގާތުންދޭ މައިންނަަށް އެ އޮފީހުން ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.
އެގޮތުން، އެމްއެމްއޭގައި މަސައްކަތް ކުރާ ގާތުންދޭ މައިންނަށް ދެވޭ 1 ގަޑިއިރުގެ ވަގުތު 2 ގަޑިއިރަށް ވަނީ އިތުރުކޮށްފައެވެ.
އެމްއެމްއޭ އިން ބުނީ މި ބަދަލާއެކު މިއަދުން ފެށިގެން ގާތުންދޭ ހުރިހާ މައިންނަށް ވެސް މަސައްކަތުގެ ގަޑީގެ ތެރެއިން 2 ގަޑިއިރުގެ ހުސްވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށް ލިބިގެންދާނެ ކަމަށެވެ.
އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދު ވެސް ދަނީ ނަމޫނާ ދައްކަމުންނެވެ. އެގޮތުން ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ 6 މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް އެމްއެމްއޭ އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން