
-
ކައިވެނި ޕްރޮގާމުން ވަރި މަދުކެވޭނެ ފޯމިއުލާ މިއޮތީ!

ނާޞިރު އަޙްމަދު - 08 ޖޫން 2023 - 17:59
ކައިވެނީގެ ގުޅުމެއް އުފެދެނީ މުޖުތަމާޢުގެ ގިނަބައެއްގެ އެހީއާއި އެކުއެވެ. ބައެއް ފަހަރު ޝަރުޢީ ގުޅުމުގެ ބޭރުން މިކަންކަން ފެށޭކަމީ ހިތާމަހުރިކަމެކެވެ. ވީމާ ކައިވެންޏަށް ތައްޔާރުވާ ޕްރޮގްރާމްގެ ފެށުމަކަށް ވާންވީ ކައިވެނި ވެވޭ ދެކުދިންގެ އާއިލާއަށް ހިންގޭ ޒިންމާދާރުކުރުމުގެ ޕްރޮގްރާމަކަށެވެ. ކޮންމެ މީހެއްގެ ދަރިފުޅަށް 18 އަހަރު ވުމާއެކު މި ޕްރޮގްރާމް ބޭއްވިދާނެއެވެ. އެގޮތުން އާއިލާއަށް ހިންގާ ޕްރޮގްރާމްގައި ދަރިންނަށް ރަނގަޅު ބައިވެރިއެއް ހޯދައިދިނުމުގެ ބައި ހިމެނިދާނެއެވެ. އޭގެ ފަހުގައި ކައިވެންޏަށް ތައްޔާރުވުމުގެ މާކުރިން ތެލެސީމިއާ ޓެސްޓްހެދި ޓެސްޓްގެ ނަތީޖާ އާއި އާޚިރުނަތީޖާގެ ސަބަބުން މުޖުތަމަޢުއަށް ބަލިކަން ނާންނަ ގޮތަކަކަށް ކައިވެންޏަށް މަގުފަހި ކުރުމުގެ އެންމެހާ ކަންކަން ތަރުތީބު ކުރެވިދާނެއެވެ. ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ތެލެސީމިއާގެ ހާލަތު ގޯސް ގައުމެކެވެ. މިހާރަށްވުރެ ތަފްސީލީ ގޮތެއްގައި އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމަށް އާދަކުރުމާއި ސިއްހީ ރަނގަޅު އާދަތަކާއި އިޖުތިމާއި މައްސަލަތައް ދެނެގަންނަން ޖެހެއެވެ.
އިސްލާމީ ޚަލީފާއިންގެ ދުވަސްވަރު އަވަށުތެރޭގައި ހުންނަ މައްސަލަތައް ބަލައި ދިރާސާކޮށް ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށައަޅައި އެކަމަށް ވަގުތުން ފިޔަވަޅުއަޅައެވެ. މިއީ ވަރަށް ރަނގަޅު ނިޒާމެއްކަން ފާހަގަ ކުރވެއެވެ. މި ފަދަ ނިޒާމެއް އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމައުގައިވެސް އޮތުމަކީ ނުހަނު ބޭނުންތެރިކަމެކެވެ. ދިވެހިރާއްޖޭގައި ހިންގާ ކައިވެންޏަށް ތާއްޔާރު ވުމުގެ ޕްރޮގްރާމް ގައި ދީނީ އިޖުތިމާޢީ އަދި ސިއްހީ މަޢުލޫމާތު ހިމެނުމުގެ އިތުރުން ދިވެހިރާއްޖޭގެ އާއިލާ ރޫޅޭ މައްސަލަތަކާމެދު މަޢުލޫމާތު ހިއްސާކުރުން މުޙިންމެވެ. ކައިވެނި މަތީ ދެމިތިބޭއިރު މައްސަލަޖެހި ކައިވެނި ރޫޅޭ ހިސާބަށް ނުދަނިސް ތާޒާކުރުމުގެ ޕްރޮޤްރާމެއް އޮންނަން ޖެހެއެވެ. ވީމާ މިހާރު ކުރިޔަށްގެންދާ ހޭލުންތެރިކުރުމުގެ ދީނީ މަޢުލޫމާތުގެ ބަޔަށް އިތުރު ވަގުތު ހިމަނައި އެމައުލޫމާތު އެނގުނު މިންވަރު ވަޒަންކުރުން ހިމަނަން ޖެހޭކަމަށް ޤަބޫލުކުރެވެއެވެ. ވަރިއަކީ ހުރިހާ ހާލަތެއްގައި ހައްލެއްނޫނެވެ. އެއީ ވަރަށް ގިނަ އިޖުތިމާޢީ މައްސަލަތަކުގެ ފެށުމެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީ ޕޯޓް މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލް އިން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފި
3 ގަޑިއިރު ކުރިން

އިކޮނޮމިކް މިނިސްޓަރ ސައީދު މަގާމުން ވަކިކުރަން އެމްޑީޕީއިން މަޖިލީހަށް ހުށަހަޅައިފި
7 ގަޑިއިރު ކުރިން

ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ގާއިމްކުރަން ބިން ހަމަޖައްސައިދީފި
7 ގަޑިއިރު ކުރިން

ދަތިވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
8 ގަޑިއިރު ކުރިން


