
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ 3 ވަނަ ސްޓްރެޓީޖިކް ޑައިލޮގް ކުރިއަށްގެންގޮސްފި

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 08:06
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުނު 3 ވަނަ ސްޓްރެޓީޖިކް ޑައިލޮގް ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދިފާއީ އަދި ސަލާމަތީ ދާއިރާއިން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ދިވެހިރާއްޖޭގެ ފަރާތުން ބެލެހެއްޓެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދެވެ.
އިނގިރޭސިވިލާތުގެ ފަރާތުން ރިޔާސަތު ބެލެހެއްޓެވީ އެ ގައުމުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ޑިރެކްޓަރ ފޮރ ސައުތު އޭޝިއާ އެންޑް އަފްޣާނިސްތާން، ލޯރާ ބޯފިލްސް އެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ސަރުކާރުގެ އިސްވެރިންގެ ވަފުދަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅުންހުރި މުހިންމު ދާއިރާތަކަށެވެ. އެގޮތުން، ރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ހިދުމަތުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ފަންނީ އެހީތެރިކަމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ލިބެމުންދާނެކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ދެބޭފުޅުން ހަމަޖައްސައިފި
39 މިނިޓު ކުރިން

އީސީގެ ރައީސް އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ފުލުހުން ވަނީ ބަލައިގަނެފައި: ޕީއެންއެފް
4 ގަޑިއިރު ކުރިން

ފަތުރުވެރިކަން މިވަނީ ފުން އަނދަވަޅަކަށް ވެއްޓުމުގެ މަގުމަތީ: ޝާހިދު
19 ގަޑިއިރު ކުރިން

ޝާހު އާލަމް މަރާލި މައްސަލަ: ބަބުލް މިއާ އުުމުރަށް ޖަލަށް، މަރުގެ ދިޔައަށް އެއް މިލިޔަން ރުފިޔާ!
20 ގަޑިއިރު ކުރިން


