logo

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑަށް ދެބޭފުޅުން ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 08:08

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އަލަށް އައްޔަނުކޮށްފިއެވެ.

https://wamco.com.mv/

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި، ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަނުކޮށްފައިވަނީ ގއ. ވިލިނގިލި، ވިޝަން، ބުޝްރީ މުހައްމަދާއި، ގއ. ނިލަންދޫ، ވައިލެޓްވިލާ، ނާސިހް އިބްރާހީމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ޕީސީބީންނެވެ.

މި ބަދަލާއެކު، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވާ ގޮތަކީ:

އަޙްމަދު ޝަފީގު މެނޭޖިންގ ޑިރެކްޓަރ

ޝަހީދު އިބްރާހީމް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ

ބުޝްރީ މުޙައްމަދު ބޯޑު މެންބަރު

ނާސިޙް އިބްރާހީމް ބޯޑު މެންބަރު

މަޙްމޫދު ރަމީޒް ޢަބްދުއްރަޙްމާން ނޮން އެގްޒެކެޓިވް މެންބަރު

ޢަބްދުﷲ ޢާދިލް ނޮން އެގްޒެކެޓިވް މެންބަރު

ބޯޑަށް އަލަށް ގުޅިވަޑައިގެންނެވި ދެ ބޭފުޅުންނަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މަގްސަދުގައި، އެކި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ސަރުކާރުން ދަނީ މުހިއްމު ބަދަލުތަކެއް ގެންނަމުންނެވެ.

https://wamco.com.mv/
tel:+9607331319