logo

އީސީގެ ރައީސް އާއި ދެކޮޅަށް ހުށަހެޅި މައްސަލަ ފުލުހުން ވަނީ ބަލައިގަނެފައި: ޕީއެންއެފް

profile

މުޙައްމަދު ފަޟްލޫން - 18 ސެޕްޓެމްބަރު 2026 - 04:27

އިލެކްޝަންސް ކޮމިޝަން، އީސީގެ ރައީސް މުހައްމަދު ޝަކީލް އާއި އެކޮމިޝަންގެ މެމްބަރުންނާއި ދެކޮޅަށް ހުށަހެޅި މައްސަލަ ފުލުހުން ވަނީ ބަލައިގަނެފައިވާ ކަމަށް ޕީއެންއެފް އިން ބުނެފިއެވެ.

https://wamco.com.mv/

ޕީއެންއެފް އިން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ މައިގަނޑު މައްސަލައަކީ އެޕާޓީގެ ވަކިވަކި މެމްބަރުންގެ ހައްގު ހިމާޔަތް ކުރުމަށްޓަކައި ހުށަހެޅި މައްސަލައެއް ކަމަށް އެޕާޓީގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވިއެވެ.

ޕީއެންއެފްގެ މެމްބަރުންނަށް ނޭނގި ޕީއެންސީ އަށް ވެއްދުމާއި ޕީއެންއެފްގެ މެމްބަރުން އެ ޕާޓީގެ ދަފްތަރުން ވަކި ކުރުމާއި އެފަދަ އެތައް ކަމެއް އިލެކްޝަންސް ކޮމިޝަނުން ހިންގާފައިވާ ކަމުގެ ފުރިހަމަ ހެކިތަކާއި އެކު މައްސަލަ ފުލުހަށް މިއަދު ހުށަހަޅާފައިވާ ކަމަށް ޝާހު ވިދާޅުވިއެވެ.

ޕީއެންއެފްގެ މެމްބަރުން އެ ޕާޓީއިން ވަކި ކުރުމާއި ނޭނގި ޕީއެންސީ އަށް ވައްދާ މައްސަލައިގައި ހައްލު ހޯދަން ތަކުރާރުކޮށް އިލެކްޝަންސް ކޮމިޝަނާއި އެކި ފަހަރުމަތިން ބައްދަލުކުރެވި ވާހަކަދެކެވިފައިވާ ކަމަށް ޕީއެންއެފްގެ ރިކޯޑުތަކުން ފެންނަން ހުރިކަމަށް ޝާހު ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ފަރުވާއެއް ނުލިބި ހައްލެއް ނުލިބި ދާތީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ހަނުތިބުމަކީ ޕީއެންއެފްގެ މެމްބަރުންގެ ހައްގަށް އުނިކަމެއް އަންނަ އިރު ކުރުން ހެޔޮވާވަރުކަމަކަށް ނުވާތީ ޕީއެންއެފްގެ މައްޗަށް އޮތް ގާނޫނީ ޒިންމާއަކަށް ވާތީ ޕީއެންއެފްގެ މެމްބަރުންގެ ފަރުދީ އަދި ސިޔާސީ ހައްގު ހިމާޔަތްކުރަން އީސީގެ ރައީސް އާއި މެމްބަރުންގެ މައްޗަށް ޖިނާއީ މައްސަލަ ތަހުގީގްކޮށްދިނުމަށް ފުލުހަށް ހުށަހެޅީ ކަމަށް ވަކީލު ޝާހު ވިދާޅުވިއެވެ.

މައްސަލަ ދިރާސާ ކުރި ކުރުމުގެ ތެރޭގައި ޖިނާއީ ކުށްކޮށްފައިވާކަން އެކަށީގެންވާ މިންވަރަށް ފާޅުވާން ހުރިކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޕީއެންއެފް އިން ކުރާ ތުހުމަތުތަކާއި ގުޅޭ އަމަލުތަކާއި ގުޅޭ ގޮތުން ޖިނާއީ ތަހުގީގު އީސީގެ މެމްބަރުންގެ މައްޗަށް ކުރެވޭ މިންވަރަށް މާއްދާތައް ހުރިކަމަށް ޝާހު ވިދާޅުވިއެވެ.

ޕީޢެންއެފްއިން ހުށަހެޅި ޖިނާއީ މައްސަލަ އިންސާފުވެރިކަމާއެކު ބަލައިފިނަމަ އީސީގެ މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާތައް ތަރުތީބުވެގެންދާތަން ފެނިގެން ދިއުމަކީ ގާތުގައިވާ ކަމެއް ކަމަށް ޝާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ހޯމް މިނިސްޓަރ އަލީ އިހުސާންގެ މައްޗަށް ކުރިއަށް އޮތް ތަނުގައި ޖިނާއީ މައްސަލަތައް އެބަހުރި ކަމަށާއި އެމަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319