logo

ތަރައްޤީ ގެނެވުނީ ވައްކަން ނުކުރާތީ - ރޮޒެއިނާ

profile

އަހުމަދު ޒަލީފު - 18 ޖުލައި 2023 - 23:30

ރޮޒެއިނާ އާދަމް

ރޮޒެއިނާ އާދަމް

މި ސަރުކާރުން ވައްކަން ކުރާނަމަ ރާއްޖެއަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

"މި ސަރުކާރުން އަންނަނީ މުޅި ރާއްޖެ ތަރައްގީ ކުރަމުން. ހަމައެކަނި މާލޭގައި ކަމެއްކޮށްލަނީ ނޫން. ރަށްތައް ތަރައްގީ ކުރަން ފައިސާ ހުރީ ބަޔަކު ރަނގަޅަށް މަސައްކަތް ކުރާތީ. ސިޔާސީ ބޭނުމަށްޓަކައި ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަމަލީ ގޮތުން ފެންނަން ހުރި ކަންކަން ރައްޔިތުން ބަލައިގަންނޭ.". ރޮޒެއިނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރަކީ އަހަރަކީ ރާއްޖެ ދުށް އެންމެ އަމާން ފަސް އަހަރު ކަމަށެވެ. މި ވެރިކަމުގައި އަބަދު ރައްޔިތުން މަގުމަތީގައި ތިބެން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުގެ ކެމްޕެއިންގެ ހަރަކާތް މިހާރު ފަށާފައިވާއިރު، މިއަހަރުގެ އިންތިހާބު ފަށާނީވެސް އެއްލައްކަ ވޯޓުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އެ ދުވަހު ވޯޓު ލާއިރުގައި އެއްލައްކަ ވޯޓުން ފެށުން. ހަމަކޮށްލަން ދެން އޮތީ ކުޑަކުޑަ ތަންކޮޅެއް. މާލެ އަތޮޅުން އެކަނި ވެސް އެކަން ނިމޭނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގެ ރަށްތަކުގައި ގިނަ މަޝްރޫޢުތައް ހިންގަމުންދާކަން ރައީސް ސޯލިހު ފާހަނގަކުރެއްވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމް، ބަނދަރުތައް ތަރައްޤީކުރުމުގެ އިތުރުން ގިނަ މަޝްރޫއުތައް މިހާރުވެސް ކުރިޔަށް ދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑުމެން އަނެއްކާވެސް ތިޔަބޭފުޅުންގެ ކުރިމައްޗަށް އައިސް މިތިބިއިރުގައި އަޅުގަނޑު އެދުވަހު ވީ ވައުދުތަކާ އެއްގޮތަށް 90 އިންސައްތައަށްވުރެ ގިނަ ވައުދު މިހާރު ފުދި ނިމެމުން އެދަނީ. މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑު މަޝްރޫޢު އެދަނީ ކުރިޔަށް. ބަނދަރުތައް ހެދެމުން އެދަނީ، ފުޓްބޯޅަ ދަނޑުތައް ނެޓްބޯޅަ، ވޮލީ ކޯޓުތައް ބެޑްމިންޓަން ކޯޓުތައް އެޅެމުން އެދަނީ. ސިއްޚީ ޚިދުމަތްތައް ރަށުގައި ތިބެގެން ލިބޭ ގޮތް ހެދެމުން މިދަނީ. ސްކޫލްތަކުގެ ފެންވަރު މަތި ކުރެވިއްޖެ. ސްޓޫޑެންޓް ލޯން ދޫކުރެވިއްޖެ. ރައީސްް ވިދާޅުވިއެވެ.

ރާއްޖެ އަށް ބޭނުން ވަނީ ތަރައްގީ ކަމަށާއި ތަރައްގީ އަކީ ހިތަށް ފިނިކަމެއް ލިބި، ނަފްސަށް އުފާވެރިކަން ލިބި އަދި އަމިއްލަ ދިރިއުޅުމާއިގެން މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުން ކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ރައްޔިތުންނަށް ގެނެސްދެނީ އެ ތަރައްގީ ކަމަށާއި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ އަމާން ރާއްޖެއެއް ރައްޔިތުންނަށް ގެނެސްދިނުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފުރިހަމަ ކުރާނީ ކޯލިޝަންގައި މިހާރު އޮތް އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު ކަމަށްވެސް ވިދާޅުވި އެވެ

https://wamco.com.mv/
tel:+9607331319