logo

ވަކިކުރަން ފާސްކޮށްފައިވަނިކޮށް އޭސީސީގެ ދެ މެމްބަރުން އިސްތިއުފާ ދެއްވައިފި

profile

ޝުރުފާ މުހައްމަދު - 25 ނޮވެމްބަރު 2024 - 14:19

އޭސީސީން އިސްތޮއުފާ ދެއްވި ދެ މެމްބަރުން----

އޭސީސީން އިސްތޮއުފާ ދެއްވި ދެ މެމްބަރުން----

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބައެއް މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށް އެ ކޮމިޝަނުގެ ދެ މެމްބަރުން އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވީ އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ނުފޫޒަށް ލެނބުމާއި ސުލޫކީ މައްސަލަތަކަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި އެ ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު ހިމެނެ އެވެ.

އެ ދެ މެމްބަރުން ވެސް އިސްތިއުފާ ދެއްވާ މިއަދު ވަނީ ރައީސް އޮފީހަށް ސިޓީއަކުން އެކަން އަންގާފަ އެވެ. އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން އެ މެމްބަރުންގެ މައްޗަށް ކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެކެވެ. އަދި އެފަދަ ތުހުމަތުތަކެއް ކޮށް، އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމަކީ ގާނޫނުން އޭނާއަށް ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާ އެކު އަދާކުރަން ހުރަސް އެޅޭނެ ކަމެއް ކަމަށް ސިޓީގައި ވެ އެވެ.

މި ދެ މެމްބަރުންގެ އިތުރުން ކޮމިޓީން ދެން ވަކިކުރަން ނިންމާފައި ވަނީ:

- ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު

- އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަންގެ މެމްބަރުން ކަމަށްވާ މުހައްމަދު އާސިފާއި ޑރ. މުހައްމަދު ޒާހިރު

https://wamco.com.mv/
tel:+9607331319