logo

އެންސްޕާއާ ގުޅޭގޮތުން ދައްކަނީ ދޮގު ވާހަކަތަކެއް، މިނިވަން ތަހުޤީޤެއް ހިންގައިދޭން އޭސީސީގައި އެދިއްޖެ

profile

މަރްޔަމް ލީމް އަބޫބަކުރު - 29 ނޮވެމްބަރު 2024 - 23:44

ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު

ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ މެދު ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި، އެކަން ތަހުޤީޤް ކޮށްދިނުމަށް އެންސްޕާއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިއްޖެއެވެ.

އެންސްޕާއާއި މެދު ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމުގައި އެންސްޕާއިން ބުނެފައިވެއެވެ.

މާލީ ވުޒާރާއާއި އެންސްޕާ ދެމެދު އިމާރާތް ހޯދުމަށް ކުރި މުއާމަލާތަކީ ކަނޑައެޅިފައިވާ އުސޫލްތަކާއި ގަވާއިދުގެ ތެރެއިން ކޮށްފައިވާ މުއާމަލާތެއް ކަމަށާއި އާންމު މައުލޫމާތެއްގެ ގޮތުގައި ހާމަކަން ބޮޑުގޮތެއްގައި މާލީ ވުޒާރާތަކުގެ މަންސަތަކުގައި ފެންނަން ހުރި މައުލޫމާތުތަކެއް ކަމަށް ވެސް އެންސްޕާއިން ބުނެފައިވެއެވެ.

އެންސްޕާއިން ބުނީ މިކަން ކުރުމުގެ ހަމަތަކާއި ގަވާއިދުގެ ތެރެއިން މަސައްކަތަށް މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކުރަމުންދާ ކަމަށެވެ.

އެންސްޕާއަކީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ މުއައްސަސާއަށް ވާއިރު، އެންސްޕާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް ދެކެވޭ ވާހަކަތައް އެންސްޕާއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށައަޅާނެ ކަމަށް ވެސް އެންސްޕާއިން ބުނެފައި ވެއެވެ.

އެހެންކަމުން އެންސްޕާއާއި، އެ މުއައްސަސާގެ މުވައްޒަފުންނާ ދެކޮޅަށް ދެކެވޭ ވާހަކަތަކާގުޅޭ ފުރިހަމަ މިނިވަން ތަހުޤީޤެއް ހިންގަވައި، އެކަމުގެ ތަފްސީލް ރައްޔިތުންނަށް ހާމަކޮށްދިނުމަށް، އެންސްޕާއިން މިހާރުވަނީ އޭސީސީގައި އެފައެވެ.

https://int.etukuri.mv/
tel:+9607331319