logo

2025 ވަނަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

profile

ޝުރުފާ މުހައްމަދު - 27 ނޮވެމްބަރު 2024 - 13:25

ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ފޮތް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ފޮތް--- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބެޖެޓެކެވެ.

މި ބަޖެޓު މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓާއި އެކު އެވެ. އަދި ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. އެއީ އެމްޑީޕީގެ މެމްބަރުންނެވެ.

އަންނަ އަހަރަށް ލަާފާކޮށް ބަޖެޓަށް ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާއެވެ. މި ބަޖެޓުގައި އެންމެ އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ހަމަމިއާއެކު، ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅުއްވާފައެވެ.

މީގެއިތުރުން، ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 12.4 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެއެވެ.

ސަރުކާރުން ބުނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ ވަރަށް އުއްމީދީ ބަޖެޓެއްކަމަށާއި މިއިީ ފަހުގެ ތާރާީޙެއްގައި ޑެފިސިޓް އެންމެ ކުޑަ ބަޖެޓު ކަމަށެވެ. އެގޮތުން އަންނަ އަހަރަށް ލަފާކުރާ 9.4 ބިލިއަން ރުފިޔާގެ ޑެފަސިޓެކެވެ.


https://wamco.com.mv/
tel:+9607331319