logo

2023 ވަނަ އަހަރު ވަރަށް ގިނަ މަޝްރޫއުގައި ސޮއިކޮށް ފަށާފައިވޭ: ޑރ. އަބްދުﷲ މުއްތަލިބް

profile

މުޙައްމަދު ހަފީޒް - 27 ނޮވެމްބަރު 2024 - 11:34

 މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

2023 ވަނަ އަހަރު ވަރަށް ގިނަ މަޝްރޫއުގައި ސޮއިކޮށް ފަށާފައިވާކަން ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ 2023 ވަނަ އަހަރު ވަރަށް ގިނަ މަޝްރޫއުގައި ސޮއިކޮށް ފަށާފައިވާކަމަށާއި ނަމަވެސް އެއީ ދައުލަތުގެ ބަޖެޓެއްގެ ތެރެއިން ހަރަދު ކުރެވޭނެ ވަރުގެ އަދަދެއް ނޫން ކަމަށްށެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ކޮންމެ ރަށަކަށް އެތިކޮޅެއް ދޭ ގޮތަށް އަދަދުތައް ޖެހުމުން މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށްށެވެ.

2025 ވަނަ އަހަރުގެ ބަޖެޓު ހަދާފައިވާނީ އެންވެލޮޕެއްގެ ތެރެއިން މަޝްރޫއުތައް ކުރިއަށް ގެންދެވޭ ގޮތަށް އެހެންވީމަ ކުރިއަށްގެންދަން ފުރުސަތު ލިބޭވަރަކަށް ހުރިހާ މަޝްރޫއެއްވެސް ކުރިއަށް ގެންދާ ގޮތަށް ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ.

މެންބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެވަމުން މިނިސަޓަރު ވިދާޅުވީ ކުރީ ސަރުކާރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގައި އެކަނިވެސް 39 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގައި ސޮއިކޮށްފައި ހުރި ކަމަށާއި އެއީ ދައުލަތުގެ އެއްވެސް ބަޖެޓަކުން ކުރެވޭ އަދަދެއްގެ މަސައްކަތްތަކެއް ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަހަރެއްގެ ތެރޭގައި، 39 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައިވެސް ނުލިބޭ ކަމަށެވެ.

"39 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އާމްދަނީގެ ގޮތުގައިވެސް ނުލިބޭ އަހަރެއްގެ ތެރޭގައި، ދެން ކިހިނެތޯ އަޅުގަނޑުމެން 39 ރުފިޔާގެ މަޝްރޫ ހިންގާނީ." މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި މިދިޔަ އޮކްޓޫބަރު 31 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ

https://wamco.com.mv/
tel:+9607331319