logo

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިއްޖެ: ޑރ އިސްމާއިލް ޝަފީއު

profile

މުޙައްމަދު ފަޟްލޫން - 05 އޮކްޓޯބަރު 2026 - 12:01

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، ސްކޫލް މާހައުލަކީ ރައްކާތެރި އަދި އުފާވެރި ތަނަކަށް ހެދުމަށްޓަކައި މުހިންމު ލަނޑުދަނޑިތަކެއް ހާސިލްކުރެެވިފައިވާ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ވަޒީރު ވަނީ ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން ގާބިލު، އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވެވަޑައިގަންނަވާ މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ފާހަގަކުރެއްވާފައެވެ.

އަދި މުޖުތަމަޢުގައި އެދުރިކަމުގެ ޝަރަފުވެރި ފަންނަށް ހައްގުވާ ގަދަރާއި އިއްޒަތް އިތުރުކޮށް، އެ ދާއިރާ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ދަރިވަރުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި މުދައްރިސުން އަދާކުރައްވަމުން ގެންދަވާ ބުރަ ޒިންމާ ފާހަގަކުރައްވައި، އެ ފަންނުގެ އަގުވަޒަންކުރުމުގައި ބެލެނިވެރިންނާއި މުޅި މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

އެއްވެސް ކުއްޖަކު ބާކީނުކޮށް، ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން އުނގެނުމުގެ ޝައުޤުވެރިކަން އުފައްދައި، ޒިންމާދާރު އަދި ރިވެތި އަހްލާގެއްގެ ވެރި ޖީލެއް ބިނާކުރުމުގައި ދެމިތިއްބެވުމަށް މުދައްރިސުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

https://wamco.com.mv/
tel:+9607331319