.webp&w=3840&q=75)
އިންޑޮނޭޝިއާގެ ލުމަޖަންގަށް 4.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 10:32
މިއަދު އިންޑޮނޭޝިއާގެ ލުމަޖަންގް ސިޓީއަށް ރިކްޓަރ މިންގަނޑުން 4.6 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ލުމަޖަންގްގެ ދެކުނުން 112 ކިލޯމީޓަރު ދުރަށް، 4 ކިލޯމީޓަރު އަޑިއަށެވެ.
އިންޑޮނޭޝިއާއަކީ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި، އެކި ޓެކްޓޯނިކް ޕްލޭޓްތައް ބައްދަލުވާ ހިސާބެއްގައި އޮންނަ ގައުމަކަށް ވާތީ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ގިނަގިނައިން ބިންހެލުން އައުމާއި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިވެއެވެ.
2004 ވަނަ އަހަރު އިންޑޮނޭޝިއާގެ އާޗޭ ޕްރޮވިންސަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި އެ ގައުމުން 170,000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިއްޖެ: ޑރ އިސްމާއިލް ޝަފީއު
ގަޑިއިރެއް ކުރިން

އައްޑޫ ސިޓީ ކައުންސިލާއެކު ރައީސް ޔާމީން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި
2 ގަޑިއިރު ކުރިން

މާލޭގައި ބަނގުރާ އުފައްދައި ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފި
2 ގަޑިއިރު ކުރިން


