ނ. މިލަދޫ ފިރިހެނަކު އޭނާގެ ކޮއްކޮއަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަނީ!

އާމިނަތު ޝަޒްލާ - 05 އޮކްޓޯބަރު 2026 - 14:39
ނ. މިލަދޫގައި ފިރިހެނަކު އޭނާގެ 13 އަހަރުގެ ފިރިހެން ކޮއްކޮއާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ފެންމަތިވެފައިވަނީ އެ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާންމުވުމާ ގުޅިގެންނެވެ. އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، ކަމާބެހޭ އިދާރާތަކާ ގުޅިގެން މިހާރު ދަނީ އެކަން ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ބޮޑެތި އަދަބު ކަނޑައެޅިފައިވާ ޖިނާއީ ބޮޑެތި ކުށްތަކެކެވެ. މިފަދަ މައްސަލަތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންމަތިވަމުން އަންނައިރު، މިފަދަ މައްސަލަތައް ތަހުގީގުކޮށް ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ދަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރެވިއްޖެ: ޑރ އިސްމާއިލް ޝަފީއު
4 ގަޑިއިރު ކުރިން

އައްޑޫ ސިޓީ ކައުންސިލާއެކު ރައީސް ޔާމީން މުހިންމު މަޝްވަރާތަކެއް ކުރައްވައިފި
5 ގަޑިއިރު ކުރިން
.webp&w=3840&q=75)
އިންޑޮނޭޝިއާގެ ލުމަޖަންގަށް 4.6 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
5 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ނުރައްކާތެރިކޮށް ސައިކަލު ދުއްވައި ފުލުހުންގެ ކާރުގައި ޖެއްސި މީހަކު ހައްޔަރުކޮށް ބަންދު ޖަހައިފި
5 ގަޑިއިރު ކުރިން


