
ކްރިމިނަލް ކޯޓު
ފެނުގެ އަސަރުކޮށް ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހުއްޓުމަކަށް

އާމިނަތު ޝަފާ - 13 އޯގަސްޓު 2024 - 18:06
މިހާރުވެސް އެތައް މައްސަލަތަކެއް ދިމާވާ ކުރިމިނަލް ކޯޓަށް ފެނުގެ އަސަރުކޮށް ޝަރީއަތްތައް ހުއްޓުމަކަށް އައިސްފިއެވެ.
އެ ކޯޓުން ބުނީ ދިވެހިރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މާބުދަ ދުވަހު ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާތީ އަދި ވިއްސާރައިގެ ސަބަބުން ކޯޓުގެ އިމާރާތައް ފެނުގެ އަސަރުކުރަމުންދާތީ، ކޯޓުން ތާވަލުކޮށްފައިވާ އެންމެހައި މައްސަލަތައް ކެންސަލް ކުރެވިފައިވާކަމަށެވެ.
އެހެންނަމަވެސް ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީސްތަކާއި ކޯޓު އަމުރު ނެރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަން ކޯޓުންވަނީ ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ އެ ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓިފައި ވާތީ އެ ކޯޓު ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ޝަރުއީ ދާއިރާއަށް ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނީ ކުރިމިނަލް ކޯޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްގެންކަމަށް ސަރުކާރުން ދެކެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން