logo

އޭލެވެލް އަދި އޯލެވެލް އިމްތިހާނުން ވަނަ ހޯދި ދަރިވަރުންނަށް އިނާމު ދީފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 ސެޕްޓެމްބަރު 2024 - 23:54

ރައީސް ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ދަރިވަރަކަށް އިނާމު ހަވާލުކޮށްދެއްވަނީ (ފޮޓޯ/ ރައީސް އޮފީސް)

މަތީ ސާނަވީއާއި، ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދީފި އެވެ.

2023 ގެ "މަތީ ސާނަވީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ރަސްމިއްޔާތު މިފަހަރު ކުރިއަށް ގެންދިޔައީ ތިން ދަންފަޅި އަކަށް ބަހާލައިގެން ނެވެ. ހެނދުނު، މެންދުރު ފަސް އަދި ރޭގަނޑު ގެ ދަންފަޅި ވެސް ޝަރަފުވެރިކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިއީ އެ ރަސްމިއްޔާތުގެ ހުރިހާ ދަންފަޅިއެއް ރައިސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދިން ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ. މިރޭގެ ސެޝަންގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ، އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ، އަދި ގައުމީ ގަދަ 10 ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފަ އެވެ. މިފަހަރު 441 ދަރިވަރަކަށް އިނާމު ލިބިފައިވެ އެވެ.

މިފަހަރުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެހެން އަހަރުތަކާ ހިލާފަށް ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ނެވެ. އަދި ރައީސްގެ އެންގެވުމާ އެއްގޮތަށް ދަރިވަރުންނަށް އިނާމު ވެސް ދީފައިވަނީ ސީދާ ސަރުކާރުގެ ފަރާތުން ނެވެ.

tel:+9607331319