logo

ބޭރު ފައިސާގެ މައްސަލަ ހައްލުކުރެވޭނެ ކަމުގެ އުއްމީދު އައު ވެއްޖެ: ރައީސް

profile

ޝާމާ ޝުޢައިބު - 07 އޮކްޓޯބަރު 2024 - 17:35

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި އެކު ބޭއްވި ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި އެކު ބޭއްވި ބައްދަލުވުން--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ކަރަންސީ ސްވެޕް އެގްރީމަންޓުގައި ސޮއިކުރެވިގެން ދިއުމާއެކުރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރެވޭނެ ކަމުގެ އުއްމީދު އައު ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިވަގުތު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުފުޅުގެ ތެރެއިން މިއަދު ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމި ކަމަށްޓަކައި އިންޑިއާ ސަރުކާރާ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

މިއަދު ސޮއި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު، އަހުމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ފޮރިން އެފެއާޒްގެ ސެކެޓްރީ އަޖޭ ސެތު އެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިއަދު ސޮއިކޮށްފައި ވަނީ 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގޭނެ މަގު ވަނީ ފަހިވެފަ އެވެ. . އެއީ އެމެރިކާ ޑޮލަރު އަދި ޔޫރޯ އާއި އިންޑިއަން ރުޕީ ކަރަންސީ އިންނެވެ. މި އެއްބަސްވުމުގައިވާގޮތުން މިހާރުން ފެށިގެން 2027 ވަނަ އަހަރުގެ ނިޔަލަށް 400 މިލިޔަން އެމެރިކާ ޑޮލަރު އަދި 30 ބިލިޔަން އިންޑިއަން ރުޕީސް ނެގޭނެ އެވެ. އިންޑިއާއާއި އެކު ކަރަންސީ ސްވެޕް އެގްރީމަންޓުގައި ސޮއިކޮށްފައިވާއިރު، ސަރުކާރުން އަންނަނީ ރާއްޖެ އާއި އެކު ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެހެން ގައުމުތަކާއި އެކު ވެސް މިފަދަ އެއްބަސްވުންތައް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިންޑިއާގައި ދިވެހިންނަށް މާލީ ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުމަށް މިއަދު ތައާރަފްކުރި ރުޕޭ ކާޑުގެ ސަބަބުން އިންޑިއާގައި ތިބި ދިވެހިންނަށް މާލީ ގޮތުން ލުއިތަކެއް ލިބިގެންދާނެ އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި އުމްރާނީ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ. ރާއްޖެ އިން ބޭނުންވާ ވަގުތުތަކުގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެެހެންވެ، ގުޅިގެން ދެ ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.

https://wamco.com.mv/
tel:+9607331319