logo
--

--

އިސްރާއީލްގެ ސިޓީއަކަށް ވަދެ ގިނަ ބަޔަކު މަރާލައިފި

profile

އަހުމަދު ޒަލީފު - 09 އޮކްޓޯބަރު 2023 - 08:57

ފަލަސްތީނުގެ ހައްގުގައި މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލްގެ ސިޓީއެއް ކަމަށްވާ ސީރޫތަށް ވަދެ ގިނަ ބަޔަކު މަރާލައިފިއެވެ.

https://wamco.com.mv/

އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސްގެ މުޖާހިދުން ސީރޫތަށް ވަދެގަނެ، އެ ސަރަހައްދުގައި ތިބި އިސްރާއީލް ސިފައިންނަށް ވަނީ ހަމަލާ ދީފައެވެ. އެމީހުން ވަދެގެންފައި ވަނީ ސީރޫތުގައި ހުންނަ މުނިސިޕަލް ސްވިމިން ޕޫލެއް ކައިރިން ކަމަށް އެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާތަކުގައި އިސްރާއީލްގެ ގިނަ ބަޔަކު މަރާލައި، އެތައް ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިސްރާއީލްގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ސީރޫތަށް ވަތް ހަމާސްގެ މުޖާހިދުންތަކެއް މިހާރު ވަނީ ޝަހީދުވެސް ކޮށްލައިފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ ސީރޫތަށް ވަދެގަތް ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ކުރިމަތިލުމުގައި ޕެރަޓްރޫޕާސް ބްރިގޭޑްގެ ސިފައިންނާއި ސީނިއާ އޮފިސަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ސީރޫތަށް އަމާންކަން ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އަސްކަރިއްޔާ އިން ބުންޏެވެ.

ޕެރަޓްރޫޕާސް ބްރިގޭޑްގެ މައިގަނޑު ބޭނުމަކީ ސީރޫތަށް ވަދެގަތް ހަމާސްގެ މުޖާހިދުން ހޯދައި، އެމީހުން އަތުލައިގަތުމެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay