
ޓީޗަރުންނަށް ސްޓެޕް ޕްރޮމޯޝަން ދޭން ފަށައިފި

މުޙައްމަދު ފަޟްލޫން - 27 ފެބްރުއަރީ 2026 - 10:35
6 އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަން ދޭން ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2019ވަނަ އަހަރަށްފަހު ސްޓެޕް ޕްރޮމޯޝަން ދިނުން ހުއްޓިފައި އޮތް ނަމަވެސް، މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢުގެ އިސްނެންގެވުމަކާއި ކުރެއްވި މަސައްކަތުން، 2022 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ހުރިހާ ސްޓެޕް ޕްރޮމޯޝަންތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
ސްކޫލްތަކުން ފުރިހަމަކުރަންޖެހޭ އިދާރީ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަމުންދާ ތަރުތީބުން، ޕްރޮމޯޝަން ހައްގުވާ ތާރީޚުން ފެށިގެން ޓީޗަރުންނަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މިހާރު އަންނަނީ އެއްފަހަރާ ޖަމާކޮށްދެމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
މުދައްރިސުންގެ ސްޓެޕް ޕްރޮމޯޝަން ޙައްޤުވާ ދުވަހުން ފެށިގެން ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސްކޫލްތަކަށް އެންގެވީ މިދިޔަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ.
ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވަނީ، ތަޢުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ ސެޓެޕް ޕްރޮމޯޝަން، ޕޭ ފްރޭމްވަރކްގައި ބަޔާންކޮށްފައިވާ ގޮތަށް މުވައްޒަފުންނަށް އެ ޕްރޮމޯޝަން ޙައްޤުވާ ތާރީހުން ފެށިގެން ދިނުމަށެވެ.
އެޑިއުކޭޝަނުން ސްކޫލްތަކަށް ފޮނުވާފައިވާ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ، ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންގެ މަސައްކަތް ޖެނުއަރީ 31، 2026 ގެ ކުރިން ނިންމަން ޖެހޭނެ ކަމަށެވެ.
ޓީޗަރުންގެ ސްޓެޕް ޕްރޮމޯޝަންތައް މެދުކަނޑާލީ 2020 ވަނަ އަހަރު އެވެ.
ގުޅުން ހުރި ޙަބަރުތައް

ޒަމާންތަކަށް ދިރިއުޅެން އޮތް އެންމެ އާރުލާ ސަބަބަކަށް ވާނީ ދިވެހި ތާރީހް: ރައީސް
12 ގަޑިއިރު ކުރިން

ބްރިޖް އެކްސިޑެންޓްގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި
12 ގަޑިއިރު ކުރިން

ކެންދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފި
12 ގަޑިއިރު ކުރިން

ގާސިމްގެ ބައްޕާފުޅުގެ ހަނދާނުގައި މާމިލީގައި މިސްކިތެއް ހުޅުވައިފި
13 ގަޑިއިރު ކުރިން


.gif&w=3840&q=75)