
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ޒަމާންތަކަށް ދިރިއުޅެން އޮތް އެންމެ އާރުލާ ސަބަބަކަށް ވާނީ ދިވެހި ތާރީހް: ރައީސް

މުޙައްމަދު ފަޟްލޫން - 27 ފެބްރުއަރީ 2026 - 10:35
ޒަމާންތަކަށް ދިރިއުޅެން އޮތް އެންމެ އާރުލާ ސަބަބަކަށް ވާނީ ދިވެހި ތާރީހް ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ގައުމީ ތާރީހުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާޒީގެ ވާހަކަތަކުގެ އެންމެ ޖުމްލައަކުން، ދިވެހި ކާބަފައި ޒަމާނުގެ އެންމެ ތަޞްވީރަކުން، ނުވަތަ ފެންނާންހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެތައް ވާހަކައެއް ކިޔައިދޭ ކަމަށެވެ. އަދި އެތަކެތި މަގުދައްކަނީ ހަޔާތުގެ އެތަކެއް އިބްރަތާއި ހިކުމަތަކަަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދިވެހީން މި ވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަން ބުނެދިނީ ދިވެހި ތާރީޚު ކަމަށް ރައީސް ވިދާޅުވިއެވެ.
އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނާން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތާރީހަށް ހާއްސަ އަހައްމިއްޔަތެއް ދެއްވައި ރައީސް ވަނީ ތަރިކަ އާއި ސަގާފަތާއި ދިވެހި ބަސް ހިމާޔަތް ކޮށް ދިރުވުމަށް ހާއްސަ ވުޒާރާ އެއް އުފައްދަވައި ތަރިކަ އާއި ގައުމިއްޔަތު ހިމާޔަތް ކުރުމަށް މުހިއްމު މަސައްކަތްތަކެއް ފައްޓަވާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 27 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ ތާރީހުގެ ދުވަހުގެ ގޮތުގައެވެ.






.gif&w=3840&q=75)