logo

ބްރިޖް އެކްސިޑެންޓްގައި ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި

profile

މުޙައްމަދު ފަޟްލޫން - 27 ފެބްރުއަރީ 2026 - 10:34

ބްރިޖް ކައިރީގައި ހުރި ޓްރެފިކް ލައިޓް ސަރަހައްދުގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި ޕޭމަންޓް މައްޗަށް އެރުމުގެ ސަބަބުން ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ޒުވާނާ، ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

https://wamco.com.mv/

މި ހާދިސާ ހިނގިއިރު ސައިކަލު ދުއްވަން އިން 19 އަހަރުގެ ދިވެހި ފިރިހެން މީހާ ހައްޔަރުކުރުމަށްފަހު، އިއްޔެ ބަންދުން ދޫކޮށްލާފައިވަނީ ކޯޓުން ކަނޑައެޅި ހަރުކަށި ޝަރުތުތަކަކާ އެކުގައެވެ.

މި އެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ސައިކަލު ދުއްވަން އިން ޒުވާނާއަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. ނަމަވެސް، މިއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށާއި، ދެ އެކުވެރިން ސައިކަލުގައި ދަނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށް އޭނާ ކޯޓުގައި ބުނެފައިވެއެވެ. އަދި މިކަމާ މެދު ނުހަނު ހިތާމަކުރާ ކަމަށް ބުނެ، ހަރުކަށި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްދިނުމަށް އޭނާ އެދިފައިވެއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ރިއާޔަތްކޮށް، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނަމަ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް އިއުތިރާޒު ނުކުރާ ކަމަށެވެ. އެހެންކަމުން، ކޯޓުން ވަނީ އެ ހުރިހާ ކަންކަމަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލުމަށް ނިންމާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk