logo

ކެންދޫ އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 27 ފެބްރުއަރީ 2026 - 10:34

ބ. ކެންދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް ބިނާކުރި އިންޖީނުގެއާއި އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

https://wamco.com.mv/

މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބިނާތައް ހުޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙެވެ.

ކެންދޫގެ އައު އިންޖީނުގެ ބިނާކުރުމުގެ މަސައްކަތް ފުރަތަމަ 2021 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ހަވާލުކުރި ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް ވަނީ މެދުކެނޑިފައެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެނަކައިން އަމިއްލައަށް އެ މަސައްކަތާ ހަވާލުވެ، ނުނިމި ހުރި ބައިތައް ފުރިހަމަކޮށް މިހާރު ވަނީ ނިންމާފައެވެ.

އަލަށް ހުޅުވި އޮފީސް އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޖާގަ ތަނަވަސް ތަނެކެވެ. މި އައު އިމާރާތާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ލުއިފަސޭހަވެގެންދާނެ ކަމަށް ފެނަކައިން ފާހަގަކުރެއެވެ.

ޚިދުމަތަށް އަލަށް ނެރުނު އިންޖީނުގެއަކީ 4 އިންޖީނު ބެހެއްޓޭނެ ޖާގައާއެކު، ޖުމްލަ 1200 ކިލޯވޯޓުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ ތަނެކެވެ. މި މަޝްރޫޢުގެ ދަށުން 600 ކިލޯވޯޓުގެ މުޅިން އައު އިންޖީނެއް ބަހައްޓާފައިވާއިރު، މިއާއެކު އެ ރަށުގެ ކަރަންޓުގެ ޤާބިލުކަން ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ކެޕޭސިޓީ އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކުންފުންޏަކުން ބުނެއެވެ.

މީގެ ކުރިން ކެންދޫގައި ބޭނުންކުރަމުން އައި އިންޖީނުގެއިން ކަރަންޓު ފޯރުކޮށްދެވެނީ އެންމެ ގިނަވެގެންވެސް 380 ކިލޯވޯޓާ ހަމައަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk